ގަމުގެ ނަރުދަމާ ނިޒާމް ހަލާކުވެ ރަށުތެރެއަށް ނަޖިސް ފެން ބޭރުވާން ފަށައިފި

image ގަމުގައި އަލަށް އާބަދުވާ ސަރަހައްދުގެ ގެއެއްގެ ފާޚާނާ ތެރޭގައި ނަޖިސް ފެން

ހައްދުންމަތީގަމު އަލައްއާބާދުވާ ސަރަހައްދުގައި ގާއިމް ކޮށްފައިވާ ނަރުދަމާ ނިޒާމް ހަލާކުވެ ރަށުތެރެއަށްނަޖިސް ފެން ބޭރުވާން ފަށައިފިއެވެ.

ގަމުކައުންސިލްގެ ރައީސް އަޙުމަދު ސަލާހު ވިދާޅުވީ ނަރުދަމާ ނިޒާމު ހަލާކުވެ ރަށުތެރެއަށްނަޖިސް ބޭރުވާން ފަށައިފައިވަނީ މި މަސްފެށުނު ދުވަހުން ފެށިގެން ކަމަށެވެ. ނަމަވެސްނަރުދަމާ ނިޒާމުގައި މައްސަލަތައް ޖެހި ތަފާތު މައްސަލަތައް ދިމާވަމުންދާތާ ދެއަހަރު ވެއްޖެވެ. މިމަސް ފެށިގެން އަދާ ހަމައަށް އައިރު ރަށުގައި މީހުން ދިރިއުޅޭހިސާބުގައި މަގުމަށްޗަށް ވާ ގޮތަށް 3 ސަރަހައްދަކުންދަނީ ނަޖިސްފެންބޭރުވަމުންނެވެ.

ސަލާހްވިދާޅުވީ ގަމުގެ ނަރުދަމާ މިހާލަތަށް ދާންޖެހުނީ ނަރުދަމާ ގާއިމްކުރި ދުވަހުންފެށިގެން މިއަދާ ހަމައަށް އައިރުވެސް އެކަން ބަލަހައްޓާނެ އެއްވެސް މުވައްސަސާއެއްނެތުމުންނެވެ. މި ނަރުދަމާއަކީ ސުނާމީއަށްފަހު އެއަވަށުގައި ހެދި ގުތީ ހިޔާތަކާއެކުސަރުކާރުން ގާއިމް ކޮށްފައިވާ ނަރުދަމާއެކެވެ.

ގައުމީއިދާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރ ހުސައިން އުމަރު ވިދާޅުވީ "އެމް.ޑީ.ޕީ ގެސަރުކާރުން މި ނަރުދަމާވަނީ އޭރުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކޮށްފައިއެވެ.އެހެންނަމަވެސް ހަވާލުކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެމް.ޑީ.ޕީ ގެ ސަރުކާރުވެއްޓުމުން މިކަން ހުންޓުމަކަށް އައީ،" ކަމަށެވެ. އުމަރު ވިދާޅުވީ ނަރުދަމާބެލެހެއްޓުމުގެ ޒިންމާ މިހާރު ހަވާލުވެފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

ގަމުކައުންސިލްގެ ރައީސް ސާލާހު ވިދާޅުވީ " މިހާތަނަން އެއްވެސް ބަޔަކަންނަރުދަމާ ހަވާލު ކުރިކަން އެނގިފައެއްނެތް. ފެނަކައިން ބުނީ މިހާލަތުގައި ނަރުދަމާއޮތްވާ ހަވާލު ނުވެވޭނެ ކަމަށް،"

 ގަމު ކައުންސިލްގެ ނައިބް ރައީސް ވިދާޅުވީނަރުދަމާގެ މައްސަލަ ހައްލު ކުރުމަށް ކައުންސިލްގެ ފެންވަރުގައި މަސައްކަތްކުރަމުން އަންނަ ކަމަށްށެވެ. މިގޮތުން ގަމު ކައުންސިލްގެ ބަޖެޓުން މިހާރު ވަނީ ޕަންޕުތައްމަރާމާތު ކުރުމަށް މީހަކާ ހަވާލުކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ. އަދި ބައުޒަރެއްބޭނުންކޮށްގެންވެސް ފެން ހިންދުމުގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

ގަމުކައުންސިލްގެ ނާއިބް ރައީސް މުހައްމަދު ސިޔާމް ވިދާޅުވީ މިކަމުގައި އެތަކެއްފަހަރުވަނީތިމާވެށްޓާ ބެހޭ މިނިސްޓަރީއަށް ސިޓީ ފޮނުވާފައެވެ. އެހެންނަމަވެސް މިއަދާހަމައަށް އެއްވެސް ސިޓީއަކަށް ޖަވާބް ނުދެއްވާ ކަމަށްށެވެ.

ނަރުދަމާގެ މައްސަލައިން ނަޖިސްފެން ބޭރުވަމުން އަންނާތީ ގަމުގައިބަލިމަޑުކަމެއް އުފެދިދާނެ ކަމުގެ ބިރު މިހާރު ހީވެފައި ވާކަމަށްށެވެ.މިގޮތުންގަމު ކައުންސިލްއިން  މިއަދުވާނީ ހެލްތުމިނިސްޓުރީއަށްށާއި ރަައީސް އޮފީސްއަށްވެސް މިކަމާ ގޮޅިގެން ސިޓީ ފޮނުވާފައެވެ.އެހެންނަމަވެސް މި ފަދަ ކަމެއް ވެގެންދާއިރު ގަމު ރީޖަނަލް ހޮސްޕިޓާލްގެކަންބޮޑުވުމެށް އޮތް ކަމުގެ ވާހަކަ ކައުންސިލްއާއި ހިއްސާ ކޮށްފައި ނުވާކަމަށްސިޔާމް ވިދާޅުވިއެވެ.

 

 

 

                   

 

 

 

 

 

 

 

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް