އުމަރު ނަސީރު ރާއްޖެއިން ބޭރަށް ވަޑައިގަންނަވަނީ ޝަރީއަތަށް ދަތިކުރަން
ޝަރީއަތް އޮންނަ ދުވަސް ދުވަހުގައި ހޯމްމިނިސްޓަރ އުމަރު ނަސީރު ރާއްޖެއިން ބޭރަށް ވަޑައިގަންނަވަނީ ކޯޓަށް ދަތިކުރުމުގެ ގޮތުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އޭނާގެ މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް އުމަރު ނަސީރު ވަޑައިގެންފައެއް ނުވެ އެވެ. އެހެން ނަމަވެސް އޭނާގެގާނޫނީ ވަކީލުވަނީ ކޯޓަށް ވަޑައިގެންފަ އެވެ. އުމަރުގެ ރާއްޖޭގައި ނޫޅުއްވާކަމަށް ހޯމް މިނިސްޓްރީން އެންގުމުން މިއަދުގެ ޝަރީއަތުގެ މަޖިލީސް ވެސް ކެންސަލް ކުރަންޖެހުމުން ގާޒީ ވިދާޅުވެފައިވަނީ، އުމަރު ނަސީރު ރަށުގައި ނޫޅުއްވާ ކަމަށް ހޯމް މިނިސްޓްރީންކޮންމެ ފަހަރަކުވެސް އަންގަނީ ޝަރީއަތް އޮންނަ ދުވަހުގައި ކަމަށެވެ.
ކޯޓުއަމުރާ ހަވާލުވުމަށްފަހު ޝަރީއަތް އޮންނަ ދުވަހު ރަށުގައި ނޫޅުއްވާ ކަމަށްވިދާޅުވުމަކީ ގަބޫލު ކުރެވޭނެ އުސޫލެއް ނޫންކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. މީގެ ކުރިން ވެސް އުމަރު ނަސީރުގެ ޝަރީއަތުގެ މަޖިލިސް ބޭއްވުމަށް މަސައްކަތް ކޮށްފައިވެ އެވެ. އެހެންނަމަވެސް އެ މަޖިލީސްތައްވެސް ނުބޭއްވިފައިވަނީ އޭނާ ރާއްޖޭގައި ނޫޅުއްވާތީއެވެ.
ރަސްމީ ދަތުރު ފުޅެއްގައި އުމަރު ނަސީރު ސިރީލަންކާއަށް ފުރާވަޑައިގެންފައިވާ ކަމަށް ހޯމް މިނިސްޓްރީން ކްރިމިނަލް ކޯޓަށްވަނީ އަންގާފަަ އެވެ. އުމަރު އަލުން ރާއްޖެއަށް ވަޑައިގަންނަވާނީ މިމަހު 16 ވަނަދުވަހުގައި ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވީ ނަމަވެސް، މިމަހުގެ 12 ވަނަ ދުވަހުޝަރީއަތުގެ މަޖިލީހެއް ބޭއްވުމަށް ގާޒީ އަބްދުﷲ ވަނީ ނިންމަވާފަ އެވެ. އަދި އެޝަރީއަތަށް ވަޑައިނުގެންފިނަމަ އުމަރު ނަސީރު ބަންދުގައި ބަހައްޓަވައިގެންނަމަވެސް ކޯޓަށް ހާޒިރު ކުރުމަށް ޖެހިވަޑައިގަންނަވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.
"މިނިސްޓަރުންނަކީ ދައުލަތުގެ އެންމެމަތީމަގާމުގައި ތިއްބަވާ ބޭފުޅުން. މިނިސްޓަރަކު ހައްޔަރުކުރުމަށް ޝަރީއަތަށް މަޖުބޫރު ނުކުރުމަށް އަޅުގަނޑު ވަކީލުގެ ކިބައިން އެދެން. ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެއްޖެ ނަމަ ލިބޭނެ އަދަބު ވަކީލުންނަށް އެނގިވަޑައިގަންނަވާނެ،" ގާޒީ އަބްދުﷲ މިއަދުގެ މަޖިލީހުގައި ވިދާޅުވި އެވެ.
އުމަރުގެ މައްޗަށް ހިންގާ ޝަރީއަތަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 50 ހަރުގަނޑު ބޭނުންކޮށްގެން ސިފައިންގެ މައިމަރުކަޒަށް ވަނުމަށް ދޭހަވާގޮތަށް އުމަރު ނަސީރު ވާހަކަ ދެއްކެވި ކަމުގެ ތުހުމަތުގައިހިންގާ ޝަރީއަތެކެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރަނީ ރާއްޖޭގެ އަމަންއަމާންކަން ނަގާލުމަށް މަސައްކަތްކުރި ކަމުގެ ދައުވާ އެވެ. ނަމަވެސް އެ ދައުވާއަށްއުމަރުވަނީ އިންކާރު ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު