އަނގޮޓި ތަކެއް ވިއްކަން އުޅުނު މީހަކު ހައްޔަރު ކޮށްފި

image

ވަގަށްނަގާފައިވާ ރިހި އަނގޮޓިތަކެއް ވިއްކަން އުޅުނު މީހަކު އެ އަނގޮޓި ތަކާއެކުފުލުހުން މީހަކު ހައްޔަރު ކޮށްފިއެވެ.

މިމީހާއަތުން ފުލުހުންވަނީ ވަގަށް ނަގައިފައިވާ ކަމަށް ތުހުމަތު ކުރެވޭ 5 އަނގޮޓިހޯދައިފައެވެ. ފުލުހުން އެމީހާ ހައްޔަރު ކޮށްފައިވަނީ މާފަންނު ފުލުހުންނަށްއާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެންނެވެ.

އުމުރުން39 އަހަރުގެ މިމީހާއަކީ ވައްކަމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްއޮންނަ މީހެއް ކަމަށް ފުލުހުން ހާމަކުރައްވާފައިވެއެވެ.

މިމީހާއަކީ2011 ވަނަ އަހަރުވެސް ވައްކަމުގެ މައްސަލައެއްގައި ފުލުހުން ހައްޔަރު ކުރިމީހެކެވެ. އެފަހަރު އޭނާ ވިއްކަން މަސައްކަތް ކޮށްފައިވަނީ ފޯއްވަޅިއެކެވެ.

މިމީހާގެމައްސަލަ ފުލުހުން މިހާރުދަނީ ތަހުގީގު ކުރަމުންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް