ހީޓްސްޓްރޯކް ޖެހުނު ޑޮކްޓަރުގެ ހާލު އަންނަނީ ރަނގަޅުވަމުން: އޭޑީކޭ

މާލޭގައި އިއްޔެ ބޭއްވި ދިރާގު ރޯޑުރޭހުގައި ދުވަން އުޅެނިކޮށް ހީޓު ސްޓްރޯކެއް ޖެހުނު އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޑރ. އަބީޝެކްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ހާމަ ކުރައްވައިފިއެވެ.
އޭޑީކޭގައި މަސައްކަތް ކުރައްވާ ޑޮކްޓަރާ ބެހޭގޮތުން އެތަނުގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު އަފްއާލް މިރޭ ވިދާޅުވީ ޑޮކްޓަރުގެ ހާލު މަޑުމަޑުން މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.
އަފްއާލް ވިދާޅުވީ ޑރ. އަށް ސްޓްރޯކް ޖެހުނު އިރު އޭނާވެސް ހުންނެވީ ރޭހުގައި ކަމަށެވެ. އެހެން ކަމުން އޭޑީކޭއަށް ގެންދިޔަ ވަގުތާ ދިމާނުވި ކަމަށެވެ. ނަމަވެސް އޭނާއަށް ސްޓްރޯކް ޖެހުނީ ރޭސް ނިމުނުތަނާ ކަމަށް މައުލުމާތު ލިބިފައިވާ ކަމަށެވެ.
އަފްއާލް ރޭ ވިދާޅުވި ޑޮކްޓަރގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. ނަމަވެސް އެއްވެސް ޓެސްޓަކުން ގޯހެއް އުޅޭކަމެއް ނުދައްކާ ކަމަށެވެ. އޭޑީކޭއިން ރޭ ވަނީ ޑރ. އަބީޝެކް ގެ ސީޓީ ސްކޭނަކާއި، ހިތުގެ ޓެސްޓެއްވެސް ހަދައިފައެވެ.
ރެއިން ފެށިގެން އެ ޑޮކްޓަރަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ. އޭނާ ވިދާޅުވީ ހީޓް ސްޓްރަކީ މަދުން ނަމަވެސް މީހުންނަށް ދިމާވާ ކަމެއް ކަމަށެވެ. އެކަން ދިމާވަނީ ދުވުން ފަދަ "ފިޒިކަލް" ކަމެއް ކުރުމުން ހަށިގަނޑުގެ ހޫނު މިން މައްޗަށް ގޮސްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު