އެއާޕޯޓު ތަރައްގީ ކުރުމުގައި ޗައިނާގެ ބައިވެރިވުން ހޯދަނީ
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުތަރައްގީ ކުރުމުގައި ޗައިނާއިން ބައިވެރި ވުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއިޗައިނާ ސަރުކާރާ ދެމެދު މަޝްވަރާ ކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު ޗައިނާއަށް ކުރައްވާ ރަސްމީދަތުރު ފުޅަށް މިރޭ ފުރައިވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު މީގެކުރިން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހަވާލުކޮށްފައި އޮތީ އިންޑިއާގެޖީއެމްއާރު ކުންފުންޏާ އެވެ. އެހެން ނަމަވެސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުން ޖީއެމްއާރާއި ދެމެދު ވެފައިވާ އެއްބަސްވުން 2012 ވަނަ އަހަރު އުވާލުމުގެސަބަބުން ދިވެހި ރާއްޖެއާއި އިންޑިއާއި ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.މިހާރު އެ މައްސަލައިގެ އާބިޓްރޭޝަން ކުރިއަށް ދަނީ ސިންގަޕޫރުގެ ކޯޓެއްގަ އެވެ.މިކަން މިހެން އޮއްވައި ޗައިނާ ސަރުކާރާއި ގުޅިގެން ދިވެހި ސަރުކާރުން އެއާޕޯޓުތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިނަމަ އިންޑިއާއި ދިވެހި ރާއްޖެއާއި ދެމެދުއިތުރަށް ނުތަނަވަސްކަން އުފެދޭނެ އެވެ.
ސައުތު އޭޝިއާ އެކްސްޕޯ ހުޅުމުގެ ރަސްމިއްޔާތައްނައިބުރައީސް ޗައިނާއަށް ފުރާވަޑައިގެންނަމުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މި ދަތުރުތުފުޅުގައި މާލެއާއި ހުޅުމާލެއާއި ދެމެދު އަޅާބްރިޖުގެ މަޝްރޫއާ ގުޅޭގޮތުން ޗައިނާ ސަރުކާރާއި މަޝްވަރާކުރައްވާނެ ކަމަށެވެ. ބޯހިޔާވަހިކަމުގެމަޝްރޫތަކާ ބެހޭގޮތުން ޗައިނާ ސަރުކާރާ ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް ޑރ.ޖަމީލް ވަނީ ވިދާޅުވެފަ އެެވެ. އުތުރުގައިރާވާފައިވާ އައިހެވަން މަޝްރޫޢާއި މެދު ވެސް ޗައިނާއިން މިހާރުވެސް ވަރަށް ބޮޑަށްޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ، އެމަނިކުފާނު ޗައިނާ ސައުތުއޭޝިޔާ ބިޒްނަސް ފޯރަމްގައި ވެސް ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ. ޗައިނާގައިމިބޭއްވޭ ވިޔަފާރި މައުރަޒުގައި، ޗައިނާގެ ގިނަ ޢަދަދެއްގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެކަމަށާއި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރްޞަތުތަކާ ބެހޭގޮތުން އެފަރާތްތަކަށްމަޢުލޫމާތު ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު