ޤަވާޢިދާޚިލާފަށް އުޅުނު 33 ބިދޭސީއަކު އައްޑޫ ސިޓީން މާލެގެނެސްފި
އައްޑޫސިޓީގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ 33 ބިދޭސީއަކުހޯދުމަށްފަހު މާލެ ފޮނުވާލައިފައިވާ ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
މިމީހުންމާލެ ފޮނުވާފައިވަނީ އަންގާރަ ދުވަހުގެ ރޭފެ ވަގުތެއްގައިކަމަށް އަޑޫގައިމަަސައްކަތްކުރާ ފުލުހުން ހާމަކުރައްވާފައިވެއެވެ.
މިމީހުންއަތުލައިގެންފައިވަނީ ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑްއެމިގްރޭޝަނާއި، އައްޑޫ ސިޓީ ކައުންސިލާއި، އެ ސިޓީގައި މަސައްކަތްކުރާފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މިއޮޕަރޭޝަނުގައި އަތުލައިގަނެވޭމީހުން މާލެ ފޮނުވައި އިމިގްރޭޝަނުން ކަނޑައަޅާ ބަޔަކާ ޙަވާލު ކުރެވެންދެންއެމީހުން ބަލަހައްޓާނީ ފުލުހުން ކަމަށް ސައުތު ޕޮލިސް ޑިވިޒަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރއޮފް ޕޮލިިސް އަޙްމަދު ޝިފާން ވިދާޅުވެފައިވެއެވެ. މިފަދަ މީހުން މާލެ ފޮނުވާ ދަތުރުމަތީގައިބޯޓު ބަނދަރުކުރާ އެއްވެސް ރަށަކަށް އެމީހުން ފޭބުން ފުލުހުންވަނީ މަނާކޮށްފައެވެ.
މިމަހުގެތިންވަނަ ދުވަހު ފެށި މި އޮޕަރޭޝަނަކީ ރާއްޖޭގެ ގިނަރަށްރަށުގައި ޤަވާއިދާ ޚިލާފަށް"ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން އަންނާތީ" އެފަދަ މީހުން ހޯދުމަށްހިންގާ އޮޕަރޭޝަނުގެ ދަށުން އައްޑޫގައި ފެށި މަސައްކަތެކެވެ. އަޑޫ ސިޓީގައި ޤަވާޢިދާ ޚިލާފަށް އުޅެނިކޮށް އަތުލައިގަތް33 މީހުން ހޯދައިފައިވަނީ ހިތަދޫންނެވެ. އެސިޓީގެ އެހެން ރަށްރަށުގައިވެސްމިއޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް ފުލުހުންވަނީ ހާމަކުރައްވާފައެވެ.
މިއޮޕަރޭޝަންގައިވަނީ ކޮންސްޓްރަކްޝަން ސައިޓް ތަކާއި، ސައި ހޮޓާ، ރެސްޓޯރެންޓް ފަދަތަންތަނުގައި މަސައްކަތް ކުރާ ބިދޭސީން ޗެކްކޮށްފައެވެ.
"މިއޮޕަރޭޝަން ހިންގުމުގެ އެންމެބޮޑު މަޤްޞަދަކީ އިމިގްރޭޝަން ޤަނޫނާއި ހިއުމަން ޓްރެފިކިންގޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ބިދޭސީން ގެންގުޅުމަށް ބާރު އެޅުމާއި އެޤާނޫނުތަކާއި ޚިލާފަށް މީހުން ގެންގުޅުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށްނުދިނުން" ޝިފާން ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު