ޖޭއެސްސީގެ މެމްބަރު ކަމަށް މަސީހު އައްޔަން ކުރައްވައިފި

image ޖޭއެސްސީގެ މެމްބަރު ކަމަށް މަސީހު އައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސް ޔާމީން ހަވާލު ކޮށްދެއްވަނީ: ފޮޓޯ ރައީސް އޮފީސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެމެމްބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނުދާއިރާގެ މެމްބަރު ޢަބްދުﷲ މަސީހު މުޙައްމަދު ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންޢަބްދުލް ޤައްޔޫމް މިއަދު އައްޔަން ކުރައްވައިފިއެވެ.

އެމަނިކުފާނު މިމަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެންވަނީ މަޤާމުގެ ހުވައި ކުރައްވާފައެވެ. ރައީސް އޮފީހުގައިމިއަދު ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނަށް ހުވައި ލައިދެއްވީ އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙުމަދު ފާއިޒު ޙުސައިނެވެ. ޖޭއެސްސީގެ މެމްބަރު ކަމަށްއައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަވާލު ކޮށްދެއްވީ ރައީސް ޢަބްދުﷲ ޔާމީނެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ޖޭއެސްސީގެ މެމްބަރުންގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިމެނި ވަޑައިގަންނަވައެވެ. މަޖިލީހުގެރައީސްގެ އިތުރަށް މަޖިލީހުގެ އިތުރު މެމްބަރަކުވެސް އިންތިޚާބު ކުރަން ޖެހެއެވެ.

ޢަބްދުﷲ މަސީހު ރައްޔިތުންގެ މަޖިލީހުގެރައީސް ކަމަށް އިންތިޚާބު ކުރައްވާފައިވަނީ މެއިމަހު 28 ވަނަ ދުވަހު ބޭއްވި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.އެމަނިކުފާނަކީ ވެރިކަންކުރާ ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް