ޕީޕީއެމްގެ ޕީޖީ ލީޑަރަކަށް ނިހާން އިންތިޚާބު ކޮށްފި
ޕީޕީއެމްގެޕާލިމެންޓަރީ ގްރޫޕް (ޕީޖީ) ގެ ލީޑަރަކަށް ވިލިމާފަންނު ދާއިރާގެ މެމްބަރު އަޙުމަދުނިހާން ޙުސައިން މަނިކު މިއަދު އިންތިޚާބު ކޮށްފިއެވެ.
މިމަގާމަށްނިހާން ހޮވާފައިވަނީ އިންތިޚާބުގައި ބައިވެރިވި ޕީޖީ ގްރޫޕުގެ 35 މެންބަރުންގެތެރެއިން 21 މެމްބަރުންގެ ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަ ކުރެއްވިކެލާދާއިރާގެ މެމްބަރު ޢަލީ އާރިފަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ. މިމަގާމަށްނީހާން ހޮވުމުން އޭނާވާނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަށެވެ.މައިނޯރިޓީ ލީޑަރަކަށްވާނީ އެމްޑީޕީގެ ޕީޖީ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރުއިބްރާހީމް މުޙައްމަދު ސާލިޙު (އިބޫ) އެވެ.
ސްޓެލްކޯގެޖަލްސާކުރާ މާލަމުގައި މިއަދު ހަވީރު ބޭއްވި މި އިންތިޚާބުގައި އެޕާޓީގެ ޑެޕިޔުޓީލީޑަރަކަށް އިންތިޚާބު ކުރައްވާފައިވަނީ ވިލުފުށީ ދާއިރާގެ މެމްބަރުރިޔާޒް ރަޝީދެވެ. އޭނާ އެމަގާމް ކާމިޔާބު ކުރެއްވީ 24 ވޯޓު ހޯއްދަވައިގެންނެވެ.އޭނާއާ ވާދަ ކުރައްވާފައިވަނީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ރިފާއު(ބޮޗޭ) އާއި، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ސިނާނެވެ. މިއިންކޮންމެ ބޭފުޅަކަށް ލިބިވަޑައިގެންނެވީ 4 ވޯޓެވެ. އެއްވޯޓު ބާތިލްވިއެވެ.
މިމަގާމަށްނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޚަލީލް ވާދަކުރުމަށްފަހު ފަހުންވަނީ ނަންއަނބުރާ ގެންދަވައިފައެވެ. އެހެން ކަމުން އޭނާގެ ނަމަށް ވޯޓަށް ނުއައްސަވައެވެ. ޕީޕީއެމްގެޕީޖީގެ ވިޕުން ހޮވުމަށް ހަމަޖެހިފައިވަނީ ފަހުގެ ތާރީޚެއްގައެވެ.
ކިޔުންތެރިންގެ ހިޔާލު