އިލްހާމަށް ދިން ހަމަލާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުށްވެރި ކުރައްވައިފި

image ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު

ރައްޔިތުންގެ މަޖިލީހުގެ ދަނގެތިދާއިރާގެ މެންބަރު އިލްހާމް އަޙްމަދަށް ބަޔަކު ހަމަލާ ދީފައިވާތީ އެއަމަލު ވަރަށްހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުން މަަސީޙު ވިދާޅުވީ މަޖިލީހުގެއިއްޒަތްތެރި މެންބަރުންނަށް އެކި ސިފަސިފައިގައި ލިބެމުންދާ އެފަދަ އަނިޔާތަކަކީ މަޖިލީހުގެރައީސް އަބަދުވެސް ކުށްވެރި ކުރައްވާ ކަމެއްކަމަށެވެ.

އިލްހާމް އަޙްމަދަށް ހަމަލާދީފައިވަނީ،މިއަހަރުގެ މެއިމަހު 29 ވަނަ ދުވަހުގެރޭ ދަންވަރު 3.30 އެހައިކަންހާއިރު މާފަންނު ކުނޫޒުން ނުކުމެ ވަޑައިގެން އޭނާ ދިރިއުޅުއްވާ ގެއަށް ވަޑައިގެންނެވި މަގުމަތީގައެވެ.

ފަހަތުން އައި ބަޔަކުވަނީ ޕޭމަންޓްގަލަކުން އޭނާގެ ބުރިކަށްޓަށް ހަމަލާ ދީފައެވެ. އިލްހާމް ބުނެފައިވަނީ އެއީ ސީދާއޭނާ މަރާލަން ދީފައިވާ ޙަމަލާއެއް ކަމަށެވެ.

މީގެ ކުރިންވެސް ރައްޔިތުންގެމަޖިލީހުގެ މެންބަރުންނަށް ތަފާތު ގޯނާތަކާއި އަނިޔާތައް ވަނީ ކޮށްފައެވެ.އަނިޔާވެރި ހަމަލާއެއްގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެމެމްބަރު ޑރ. އަފްރާޝީމް ޢަލީވެސްވަނީ އަވަހާރަ ކޮށްލާފައެވެ. އަދި ފޭދޫ ދާއިރާގެކުރީގެ މެމްބަރު އަލްހާން ފަހުމީއަށްވެސް ވަނީ ވަޅިން ހަމަލާ ދީފައެވެ. އެހަމަލާއަށްފަހުއޭނާ މިހާރު ހިންގަވައި އުޅުއްވަނީ ދަނޑިބުރިއެއްގެ އެހީގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިމާވަމުންދާ މިފަދަ ނުރައްކާތެރި ހަމަލާތަކުން އެބޭފުޅުން ސަލާމަތް ކުރުމަށް ކަމާބެހޭފަރާތްތަކާ ގުޅިގެން މަޖިލީހުން ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement