ފަންސާސް އަހަރުން މަތީގެ ގައިދީން ލުއިޖަލަށް ބަދަލު ކުރުމުގެ މަސައްކަތް ނުފެށޭ: ހޯމްމިނިސްޓްރީ

image

ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ 50 އަހަރުން މަތީގެ ގައިދީން ހުޅުމާލޭ ލުއިޖަލަށް ބަދަލު ކުރަން ހޯމްމިނިސްޓަރު ޢުމަރު ނަސީރު އަމުރު ކޮށްފައިވިޔަސް އެމަސައްކަތް އަދިވެސް ނުފެށޭ ކަމަށް ހޯމްމިނިސްޓްރީން ހާމަކޮށްފިއެވެ.

އެމިނިސްޓްރީގެމީޑިއާ ކޯޑިނޭޓަރު ތަޒްމީލް ޢަބްދުއްޞަމަދު މިއަދު ވިދާޅުވީ މިނިސްޓަރުގެ އަމުރާއެއްގޮތަށް ޢަމަލު ކުރަން މަސައްކަތް ކުރިކަމަށެވެ. ނަމަވެސް ލުއިޖަލުގައި އެވަރަށްޖާގަ ނެތުމުގެ އެމަސައްކަތް ލަސްވެފައިވާ ކަމަށެވެ.

ނަމަވެސްޖަލުގެ ޖާގަ އިތުރުކޮށް އެންމެނަށް ތިބެވޭ ވަރަށް ޖާގަ ލިބުމުން ބަދަލުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. "ޖަލު އެކްސްޕޭންޑް ކުރުމުގެ މަސައްކަތް ކުރަމުންމިހާރުދަނީ. ނަަމަވެސް މަސައްކަތް ނިމި ކުށްވެރިން އެތަނަށް ބަދަލު ކުރެވޭނެ ވަކިދުވަހެއް ބުނަން އަދި ވަރަށް ދަތި،" އޭނާ ވިދާޅުވިއެވެ.

ޖަލަށްކުރެއްވި ޒިޔާރަތަކަށްފަހު ހޯމްމިނިސްޓަރ ޢުމަރު ނަސީރު ކަރެކްޝަނަށް އަމުރުކުރައްވާފައިވަނީ ރާއްޖޭގެ ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން އެހެންގައިދީންނަށް ނުރައްކަލެއްނެތް މީހުން ހުޅުމާލޭ ލުއިޖަލަށް ބަދަލުކުރުމަށެވެ.

ތަޒުމީލްވިދާޅުވީ އެއްއަމުރެއް ތަންފީޒު ކުރާއިރު އެކި މީހުންނަށް ތަފާތު ކުރުމަކީއިންސާފަކަށް ނުވާނެ ކަމަށެވެ. އެހެން ކަމުން ޖަލުގެ ޖާގަ އިތުރު ކުރުމަށްފަހުއެންމެން އެއްފަހަރާ ޖަލަށް ބަދަލުކުރާ ގޮތަށް މިހާރުވަނީ ނިންމާފައި ކަމަށެވެ.

ކުރިންމައުލޫމާތު ލިބިފައިވަނީ ހުޅުމާލޭ ލުއިޖަލަށް ގައިދީން ބަދަލުކޮށް އެތަން ފުރުމުންހިއްމަފުށީ އައްސޭރި ޖަލަށް ބަދަލުކުރި ކަމަށެވެ. ނަމަވެސް އެކަންހޯމްމިނިސްޓްރީން މިއަދު ދޮގު ކުރެއްވިއެވެ.

ލުއިޖަލަށްބަދަލުކުރާ މީހުން ގޮޅިއަށް ވައްދަނީ ހަމައެކަނި ނިދުމަށް ކަމަށް ހޯމްމިނިސްޓްރީންވަނީހާމަކުރައްވާފައެވެ. ގޮޅިއަށް ވެއްދުމަށްފަހުވެސް ތަޅުނުލާނެ ކަމަށްއެ މިނިސްޓްރީން ކުރިންވަނީ ހާމަކޮށްފައެވެ.

ލުއިދޭންނިންމާފައިވާ ގައިދީންގެ ތެރޭގައި ތިބީ އުމުރުން ފަންސާސް އަހަރާއި ފަސްދޮޅަސްއަހަރާ ދެމެދުގެ 52 މީހުންނާއި 60 އަހަރާއި 65 އަހަރާ ދެމެދުގެ  މީހަކާއި65 އަހަރާއި 70  އަހަރާ ދެމެދުގެ 2 މީހަކާއި 70 އަހަރުންމަތީގެ 11 މީހަކާއި ތަހުގީގު މަރުހަލާގައި އުޅޭ 4 މީހެކެއެވެ. އެހެން ކަމުން ޖުމްލަ 70މީހުން ލުއިޖަލަށް ބަދަލު ކުރާނެއެވެ.

ލުއިޖަލަށްބަދަލުކުރާ 50 އަހަރުންމަތީގެ ގިނަ މީހުންނަކީ މިހާރުވެސް ވަރަށްބަލި މީހުންކަމަށް ހޯމްމިނިސްޓްރީން ވަނީ ކުރިން ހާމަކޮށްފައެވެ. އެހެން ކަމުން އެފަދަ މީހުންހުޅުމާލޭ ލުއިޖަލަށް ބަދަލު ކުރުމުން އެމީހުން ޑޮކްޓަރަށް ދެއްކުންފަދަ ކަންކަމަށްފަސޭހަވާނެ ކަމަށް މިނިސްޓްރީންވަނީ ހާމަކޮށްފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް