މަސްތުވާ ތަކެއްޗާއެކު ތިންމީހުން އަތުލައިގެންފި
މަސްތުވާތަކެތިކަމަށްޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއެކު 3 މީހަކު ފުލުހުންގެބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިތިންމީހުންވެސް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އިއްޔެ ގެ އެކި ވަގުތުތަކުގައި ކަމަށް ފުލުހުންވަނީހާމަކުރައްވާފައެވެ. މި ތިން މީހުންނަކީވެސް ވައްކަމާއިމަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހުންކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މިމީހުންގެ ތެރެއިން އެންމެ ޒުވާންމީހަކީ އުމުރުން 26 އަހަރުގެ މީހެކެއެވެ. ފުލުހުން އޭނާ އަތުލައިގެންފައިވަނީ ބާޒާރުމަތީހުންނަ ޕޭޓޮއިލެޓް ކައިރިންނެވެ. އޭނާ ހައްޔަރުކުރީ އިއްޔެގެ ހެނދުނގެވަގުތެއްގައެވެ. އޭނާ ބަލައި ފާސްކުރިއިރު މަތުވާތަކެތި ކަމަށް ޝައްކުކުރެވޭއެއްޗެއް އޭނާގެ އަތުންވަނީ ފެނިފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެގެނެސްފައިވާ ޢުމުުރުން 29 އަހަރުގެ މީހާވެސް އަތުލައިގެންފައިވަނީ ބާޒާރުމަތިޕޭޓޮައިލެޓް ތެރެއިންނެވެ. އޭނާ އަތުލައިގަތީ އިއްޔެ 11:30 އެހައިކަންހާއިރުކަމަށް ފުލުހުންވަނީ ހާކުރައްވާފައެވެ. އޭނާ ބަލައިފާސްކުރިއިރު އޭނާހުރި ފާޚާނާގެ ފްލެޝްޓޭންކް މަތިންނާއި އަތުން ވަނީ މަސްތުވާތަކެތިކަމަށްޝައްކުކުރެވޭ އެއްޗެއްހުރި 2 ޕެކެޓުފެނިފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަަށް އިއްޔެގެނެސްފައިވާ ތިންވަނަ މީހަކީ ޢުމުރުން 37 އަހަރުގެ މީހެކެވެ. އޭނާއަތުލައިގެންފައިވަނީ މަސްމާރުކޭޓް ތެރެއިންނެވެ. އޭނާ އަތުލައިަގަތީ އިއްޔެމެންދުރުފަހު 2.40 ގައެވެ. އޭނާގެ ފަޓްލޫނުގެ ޖީބުތެރޭގައި އޮތް ޗުއިންގަމް ޕެކެޓެއްްގެތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރުޕެކެޓް ފެނިފައިވާ ކަމަށް ފުލުހުންވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރަށް އދ. މަހިބަދޫންވެސްފުލުހުން އިއްޔެވަނީ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗަކާއެކު 28 އަހަރުގެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުން ގެންދަވަނީ މިމައްސަލަތައްތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު