މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަންނިންމައިފި

image ރައްޔިތުންގެ މަޖިލީސްގެ ރައީސް މަސީހް (ކ) ނާއިބު ރައީސް މޫސާމަނިކު (މ) އާއި އަމީން އާއްމު އަޙުމަދު މުޙައްމަދު

ރައްޔިތުންގެ އައު މަޖިލީހުގެ ޖަލްސާއެއް މާދަމާބޭއްވުމަށް ރައީސް ޢަބްދުﷲ މަސީހު މުޙައްމަދު ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއެ މަޖިލީހުގެ ޖަލްސާ ފެށޭނީ ކުރިއެކޭވެސް އެއްގޮތަށް ހެނދުނު 09:00 ގައި ކަމަށެވެ.މިޖަލްސާގައި ކުރިއަށް ގެންދާނީ މަޖިލީހުގެ ގަވައިދު އެކުލަވާލުމާއި، ކޮމިޓީތައް އެކުލަވާލުމުގެމަސައްކަތެވެ.

މަޖިލީހުގެ ކޮމިޓީތައް އެކުލަވާލާއިރުއަޣުލަބިއްޔަތު ނަގާނެ ކަމަށް ބެލެވެނީ ސަރުކާރު ހިންގާ ކޯލިޝަނުންނެވެ. އެއީސަރުކާރު ހިންގާ ކޯލިޝަންގެ މައިޕާޓީ ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި މިހާރުވެސް38 މެންބަރުން ތިބުމުންނެވެ. ޕީޕިއެމްއާއެކު ކޯލިޝަން ހަދައިފައިވާ އެމްޑީއޭ ގައި5 މެންބަރުން އެބަތިއްބެވެ. އިދިކޮޅު އެމްޑީޕީގައި ތިބީ 25 މެމްބަރުންނެވެ.ޖޭޕީގައި ތިބީ 15 މެންބަރުންނެވެ.  

މާދަމާ ބާއްވަނީ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަޖަލްސާއެވެ. އަދި އެޖަލްސާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާވެސްމެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement