ދައުލަތުގެގިނަ ވެބްސައިޓުތަކެއް ހެކްކޮށްލައިފި
ދިވެހި ދައުލަތުގެ މުހިންމު ވެބްސައިޓުތަކަށް ހެކަރުން ހަމަލާދީހެކްކޮށްލައިފި އެވެ.
ހެކަރުން ހަމަލާދީފައިވާ ވެބްސައިޓުތަކުގެ ތެރޭގައި ގައުމީ ދިފާއީ ބާރުގެ ވެބްސައިޓާއި، ފުލުހުންގެ ވެބްސައިޓާއި، ކަސްޓަމްސް ސާވިސްގެ ވެބްސައިޓު ވެސް ހިނެއެވެ. އަދި ބައެއް މިނިވަން މުއައްސަސާތަކުގެ ވެބްސައިޓަށް ވެސްހަމަލާދީފައިވެ އެވެ. މި ވެބްސައިޓުތަކަށް ހަމަލާދީފައިވަނީ ސީރިއަން ރިވޮލިއުޝަން ލޯސްޖާސް (އެސްއާރުސީ) ކިޔާ ބައެކެވެ.ނަމަވެސް މީގެތެރެއިން ބައެއް ވެބްސައިޓުތައް މިހާރު ވަދެވެ އެވެ.
އެސްއާރުސީން ވަނީ ދިވެހި ދައުލަތުގެ217 ވެބްސައިޓެއް ހެކުކޮށްފައެވެ. އެ މީހުން ހެކުކޮށްފައިވާ ވެބްްސައިޓުތަކުގެ ތެރޭގައި ކޯޓުތަކުގެ ވެބްސައިޓުތަކާއި، ސަރުުކާރުގެ މިނިސްޓްރީތަކާއި، ޑިފާޓްމަންޓުތަކުގެ ވެބްސައިޓުތައް ވެސް ހިމެނެ އެވެ. މިއީ ދިވެހި ދައުލަތުގެމިހާ ގިނަ ވެބްސައިޓުތަކަށް ހެކަރުން އެއްފަހަރާހަމަލާދިން ފުރަތަމަފަހަރެވެ.
މި މައްސަލަ ފުލުހުންގެ ސައިބަރ ކްރައިމް އިންވެޓިގޭޝަން ޑިޕާޓުމަންޓުގެ ހާއްސަ ޓީމަކުންއަންނަނީ ތަހުގީގުކުރަމުންނެވެ. އަދި މި މައްސަލައިގައި ޝާމިލުވާ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
އެސްއާރުސީ އިން މުޅިން ވެސް ހެކު ކޮށްފައިވަނީ ދިރާގުގެ ޑޮމެއިން"ގަވް އެމްވީ" ފަހަތަށް އަންނަގޮތަށް ހުރި ވެބްސައިޓުތަކެވެ. ދިރާގުން ބުނެފައިވަނީ އެ ކުންފުނީގެ ސާވާރ އަށް ވައިރަހުގެ ހަމަލާތައްދެމުން އަންނަކަމަށެވެ. އަދި އެ މައްސަލަ މިހާރު ހައްލުކުރަމުން އަންނަކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
އެސްއާރުސީން ބުނެފައިވަނީ އެމީހުން ދިވެހި ދައުލަތުގެ ވެބްްސައިޓުތަކެއް އެއްފަހަރާ ހެކްކޮށްލުމުގެ ބޭނުމަކީ ސީރިއާގެ ހަލާތާމެދު ދުނިޔޭގެ ލޯ ހުޅުވާލުން ކަމަށެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުގައި ވެސް 'އެނޯނިމަސް މޯލްޑިވިސް'ނަމަކަށް ކިޔާ ހެކަރުންގެ ޓީމަކުން ދިވެހި ސަރުކާރުގެ ވެބްސައިޓުތައް ހެކުކޮށް އެ ވެބްސައިޓުތަކުގެ ސެކިއުރިޓީ ބަލިކަމުގެ އިންޒާރު ދީފައިވެއެވެ. އަދި ރިޔާސީ އިންތިހާބުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓު ވެސް ހެކުކުރުމަށް ބަޔަކު މަސައްކަތްކޮށްފައިވާކަމަށްް އެ ކޮމިޝަނުން ބުނެފައިވެއެވެ. ނަމަވެސް އެކަންވަނީ ނާކާމިޔާބުވެފަ އެވެ.
ކިޔުންތެރިންގެ ހިޔާލު