މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ 304 ކެންޑިޑޭޓުން: އީސީ

image އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސާއި، ރައީސް

އަންނަ މާޗުމަހު 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނީ 304 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރައްވައިފިއެވެ.

މިއިންތިޚާބުގައި މިއަދަދަށް ކެންޑިޑޭޓުން ވާދަކުރި ކަމަށްވިޔަސް އިންތިޚާބަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން 314 ބޭފުޅުންވަނީ އީސީއަށް ފޯމް ހުށަހަޅުއްވާފައެވެ. ނަމަވެސް 5 ބޭފުޅުންވަނީ އެބޭފުޅުންގެ ނަން އަނބުރާ ގެންދަވައިފައެވެ. އަނެއް 3 ބޭފުޅުން ޝަރުތު ހަމަނުވާތީ އީސީން ވަނީ ފޯމް ބާތިލްކުރައްވާފައެވެ.

އީސީން ހާމަކުރައްވާފައިވާ ގޮތުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ގުރުއަތުލުން މިރޭ ވަނީ ނިމިފައެވެ. ކެންޑިޑޭޓުންގެ ނަންތައްވެސް މިރޭ އިޢުލާން ކުރެވޭތޯ މަސައްކަތް ކުރައްވާ ކަމަށްވެސް އީސީން ވަނީ ހާމަކުރައްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :