މީޑިއާ ކައުންސިލްގެ ރައީސް ކަމަށް މުއާޒު އިންތިޚާބު ކޮށްފި

image (ޢަބްދުﷲ މުޢާޒު (ކ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އައު ރައީސަކަށް އެކައުންސިލުގެ ކުރީގެ ނާއިބު ރައީސް އަދި މިހާރުގެ މެންބަރ ޢަބްދުﷲ މުޢާޒް ޔޫސުފް މިއަދު އިންތިޚާބު ކޮށްފި އެވެ.

އޭނާ އެމަގާމަށް އިންތިޚާބު ކޮށްފައިވަނީ އެ ކައުންސިލުގެ ރައީސް ހުޝާމް މުޙައްމަދު (ހިރިގާ ހުޝާމް) މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އެ ގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލައި ތާއީދު ލިބުނީ މުޢާޒްގެ އިތުރަށް އެކައުންސިލްގެ މެންބަރުން ކަމަށްވާ، ނ. ވެލިދޫ، ދިރޭލާލްގޭ މުޙައްމަދު ޢަބްދުﷲ ޝަފީގާއި، ގ. އަލަފަރު މިދުހަތު އާދަމަށެވެ.

މިއަދުގެ ބައްދަލުވުމަށް 13 މެންބަރުން ވަޑައިގެންނެވިއެވެ. މިމެންބަރުން ދީފައިވާ ސިއްރު ވޯޓުގައި މުޢާޒަށް 6 ވޯޓު ލިބިވަޑައިގެންނެވިއެވެ. މުޙައްމަދު ޢަބްދުﷲ ޝަފީގަށް ލިބިވަޑައިގެންނެވީ 5 ވޯޓެވެ. މިދުހަތު އާދަމަށް ލިބިވަޑައިގެންނެވީ 2 ވޯޓެވެ. ކައުންސިލްގެ ތިއްބަވާ މެންބަރުންގެ ޖުމްލައަކީ 15 އެވެ.

މީޑިއާ ކައުންސިލްގެ އައު ރައީސް މުޢާޒު މިއަދު ވިދާޅުވީ ކައުންސިލް ވަކިގޮތަކަށް ބައްޓަންކޮށް ކަމެއް ކުރެވޭނެހާ ވަގުތެއް މިދައުރުގައި ނެތްކަމަށެވެ. ނަމަވެސް ކައުންސިލުން ކުރަން ނިންމާފައިވާ ކަންކަންކޮށް ނިންމެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މީޑިއާ ރެގިޔުލޭޓް ކުރުމާއި، މީޑިއާގެ ކަންކަން ބެލެހެއްޓުމަށް ދެތިން މުއައްސަސާތައް ހުރުމުގެ ބަދަލުގައި އެއްތަނަކުން އެކަން ކުރެވޭނެ ގޮތްވުމަކީވެސް މިދައުރުގެ ބާކީއޮތް ދުވަސްތަކުގައިކުރައްވާ އުންމީދެއް ކަމަށް ވިދާޅުވިއެވެ.

މީޑިއާ ކައުންސިލްގައި މިހާރު ތިއްބެވީ ރައީސް މުޢާޒާއި ހުޝާމް މުޙައްމަދާއި، މުޙައްމަދު އަބްދުﷲ ޝަފީގާއި، މިދުހަތު އާދަމާއި، އިބްރާހީމް ޚަލީލާއި، އިސްމާޢީލް ނަސީރާއި، މުޙައްމަދު އަފްޒަލާއި، އިބްރާހީމް ޒަކީ އާއި،އަޙުމަދު ޒާހިރު (ހިރިގާ) އާއި ޢަބްދުﷲ ޝިނާނާއި، ޖައުފަރު ރަޝީދާއި، އަލީ ރަޝީދާއި، ޒިހުނަތު ޙަސަނާއި، މުޙައްމަދު ނަދީމާއި، ޢަބްދުލް ޢަޒީޒް ހުސައިނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް