އާއިލާއަށް ފިލައިގެންއުޅޭ އަންހެން ކުއްޖަކު ހޯދަން ފަށައިފި

އާއިލާއަށް ފިލައިގެން އުޅޭ 17 އަހަރުގެ އަންހެން ކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި ކަމަށް ފުލުސް އޮފީހުން ހާމަކުރައްވައިފިއެވެ.

ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި ފުލުހުން ހޯދަމުންދަނީ މާލެއަތޮޅު ތުލުސްދޫ، ބިޖިލީއުފާ، އާއިޝަތު ރޫނާއެވެ. އޭނާ އާއިލާއަށް ފިލައިގެން އުޅޭކަމަށް، އާއިލާގެ ފަރާތުން ފުލުހުންނަށް އަންގާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގެރޭ ކަމަށްވެސް ފުލުހުންވަނީ ހާމަކުރައްވާފައެވެ.

އޭނާ އާއިލާއަށް ފިލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 27 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ. އާއިޝަތު ރޫނާއަކީ ލޮލުގެ ކަޅި ކަޅު ކުއްޖެކެވެ. އޭނާއަކީ ބުރުގާ އަޅައިގެން އުޅޭ ކުއްޖެކެވެ. އަދި ހަށިގަނޑުގެ ރޫފަ އާދައިގެ ވަރަކަށް ހުންނަ ކުއްޖެއް ކަމަށްވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ.

އާއިޝަތު ރޫނާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އެމަޖެންސީ ނަމްބަރު 119 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9790163 އަށް އަންގަވައި ދެއްވުމަށް ފުލުހުންވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :