ހަށިވިއްކަމުންދިޔަ ބަޔަކު މިރޭ އަތުލައިގެންފި
މާފަންނު ކޮވާރިކް 4 ވަނަ ފަންގިފިލާގައި ހިންގާ ހާބަލް ބިއުޓީ ސެލޫންގައި ހަށިވިއްކަމުންދިޔަ ބަޔަކު ފުލުހުން މިރޭ އަތުލައިގެންފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަށްމީހަކުވަނީ އަތުލައިގެންފައެވެ. މިމީހުންގެ ތެރޭގައި ހިމެނެނީ 5 ދިވެހީންނާއި، ތައިލެންޑުގެ 3 އަންހެނުން ކަމަށް ފުލުހުންވަނީ ހާމަކުރައްވާފައެވެ.
ހާބަލް ބިއުޓީ ސެލޫނަށް ފުލުހުން ވަތްވަގުތު އެތަނުގެ ބައެއް ކޮޓަރިތަކުގައި ތިބި މީހުން ތިބީ ބަރަހަނާ ހާލަތުގައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި އެތަން ފުލުހުން ބަލައިފާސްކުރިއިރު ބަދުއަޚުލާޤީ އަމަލު ހިންގުމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި ގިނަ އަދަދެއްގެ ދިވެހި ފައިސާ ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. މިތަނަކީ މިފަދަ މައްސަލައެއްގައި ކުރިންވެސް ބަންދުކޮށްފައިވާ ތަނެކެވެ.
ފުލުހުން މިހާރު ގެންދަނީ މިމައްސަލަ ބައްލަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު