އަޅުގަނޑުމެންނަށް ފަނޑީޔާރުގެ އިސްލާހުކުރެވޭނެ: ރައީސް ނަޝީދު

ދިވެހިރާއްޖޭގެ ބޮޑުފަނޑިޔާރުގެ (ސްޕްރީމް ކޯޓު)އިސްލާހު ކުރެވޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ކުރީގެރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅު ވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެޕާލިމެންޓްރީ ގްރޫޕުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެމެންބަރު އަލްއުސްތާޒު އަހުމަދު ހަމްޒާ ޖުޑީޝަލް ސާވިސްކޮމިޝަން (ޖޭއެސްސީ) ގެމެންބަރު ކަމަށް މިއަދު އިންތިޚާބުވެ ވަޑައިގަތުމާ ގުޅިގެން އޭނާއަށް މަރުހަބާވިދާޅުވެ ކުރައްވާފައިވާ ޓުވީޓެއްގައެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފަނޑިޔާރުގެ އިސްލާހުކުރެވޭނެ،" ކަމަށެވެ.

އެމްޑީޕީގެ މެންބަރު އަހުމަދު ހަމްޒާ ޖޭއެސްސީގެގޮނޑި ކާމިޔާބު ކުރެއްވީ ޖުމްހޫރީޕާޓީގެ ޑެޕިޔުޓީ ލީޑަރު އަދި ގެމަނަފުށީ ދާއިރާގެމެންބަރު އިލްހާމް އަހުމަދާ ވާދަކޮށްގެންނެވެ.

އެމްޑީޕީން އަބަދުވެސް ގޮވަމުންދަނީ ރާއްޖޭގެޖުޑިޝަރީ އިސްލާހު ކުރުމަށެވެ. ޖުޑިޝަރީއަކީ މީހުން އިތުބާރު ކުރާތަނަކަށްހެދުމަށެވެ.

ހަމްޒާ ވިދާޅުވެފައިވަނީ ޖުޑިޝަރީ އިސްލާހުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް