މުޒާހަރާ ކުރާ މީހުންނާއި ފުލުހުންނާ ދެމެދުރުޅިވެރި ކަމެއް އޮވެގެން ނުވާނެ-ޕީއައީސީ
މުޒާހަރާ ކުރަމުންދާ މީހުންނާއި ފުލުހުންނާދެމެދު އެއްވެސް ރުޅިވެރިކަމެއް އޮވެގެން ނުވާނެ ކަމަށް ޕޮލިސް އިންޓަރގްރިޓީކޮމިޝަން (ޕީއައިސީ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭކޮމީޓީގައި މިއަދު ވާހަކަ ދައްކަވަމުން ޕީއައިސީގެ ރައީސް ޑރ. އަބްދުﷲ ވަހީދުވިދާޅުވީ މުޒާހަރާގައި ފުލުހުންގެ ރޯލަކަށް ވާންވާނީ އެކަން"ފެސިލިޓޭޓް" ކޮށްދެއްވުން ކަމަށެވެ. އާންމުންނާއި ފުލުހުންނާ ދެމެދުސިޔާސީ ގޮތުންވެސް ރުޅިވެރި ކަމެއް އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ބައްދަލު ވުމުގައި އިމްތިޔާޒު ކޮމިޓީގެމެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީއައިސީން ބުނީ މިހާރުހިނގަމުންދާ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށް ބެލެވެންނެތް ކަމަށެވެ.އެއީ ފުލުހުންނާ ދިމާއަށް ހަޑިހުތުރު އެއްޗެހި ގޮވައި ފުޅިފަދަ ތަކެތި ފުލުހުންނާދިމާއަށް އުކަމުންދާތީ އެވެ. ނަމަވެސް އެހެން މުޒާހަރާތަކާ އަޅާ ބަލާއިރު މީހުންގެކެތްތެރިކަން ފެންނަމުންދާ ކަމަށްވެސް ޕީއައިސީން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެމެންބަރު އަލީ އާޒިމް އަނިޔާވެރި ގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައިވާތީ އެމައްސަލާގައި ސުވާލު ކުރުމުން އަބްދުﷲ ވަހީދު ވިދާޅުވީ އެކަންހިނގިއިރު އެކޮމިޝަނުންގެ ދެ ގްރޫޕެއް އެސަރަހައްދު މޮނިޓަރ ކުރަމުންދިޔަކަމަށެވެ.
އަލީ އާޒިމް ހައްޔަރު ކުރުމުގައި ފުލުހުންކަންކަން ކޮށްފައިވާ ކަމަށް އަލީ އާޒިމް ވިދާޅުވާ ގޮތާއި، އެކޮމިޝަނުގެ މޮނިޓަރިންޓީމްތަަކަށް އެމަންޒަރު ފެނިފައިވާ ގޮތާ މާބޮޑު ތަފާތެއްނެތް ކަމަށްވެސް ޑރ.ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކޮމިޝަނުން މިހާރު ގެންދަނީއެމައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ. ތަހުގީގު ކުރުމަށްފަހު އެކުލަވާލާ ރިޕޯޓްވަރަށް އަވަހަށް ނިންމެވުމަށްފަހު ރައްޔިތުންގެ މަޖިލީހާވެސް ހިއްސާ ކުރައްވާނެކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު