ކްރިމިނަލް ކޯޓުން ބަލަމުންދާ ފަސް މައްސަލައަކާ ގުޅިގެން ފަސް މީހަކު ހޯދަން ފަށައިފި
ކްރިމިނަލްކޯޓުން ބަލަމުންދާ 5 މައްސަލައަކާ ގުޅިގެން ފަސް މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ މިމީހުންނަކީ އުޅޭ އެޑުރެސް ނޭނގުމުގެ ސަބަބުން ކޯޓަށް ހާޒިރު ނުކުރެވިފައިވާ ބައެއް ކަމަށެވެ. އެހެން ކަމުން އެމީހުން ހޯދައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރެއް ނެރެފައިވާ ކަމަށެވެ.
އެމީހުންނަކީ ޢަބްދުﷲ ސަޢީދު ޢަލީ، ދަފްތަރު 5364، ކ. މާލެ އާއި ޙުސައިން ނާޞިޙް، ވ. ފްރެޝްވިއު، ކ. މާލެ އާއި ޙުސައިން ޝިފާޢު، މއ. ހަނީސަކްލް، ކ. މާލޭގެ އިތުރުން އާދަމް ސަލީމް، ޔާގޫތުގެ، ހއ. ދިއްދޫ އަދި ޙުސައިން އަޒުރަފު، އައްޑޫގެ، ސ. ހިތަދޫ ކަމަށް ފުލުހުން ހާމަ ކުރައްވާފައިވެއެވެ.
މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކަސްޓޯޑިއަލް ޑިޕާރޓްމަންޓްގެ ނަންބަރު 9991442 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން 3322111 އަށް އެންގުވުމަށް ފުލުހުން ވަނީ އެދި ވަޑައިގެންފައެވެ. ރާއްޖޭގެ ރަށަކުންނަމަ އެރަށެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށް އެންގެވުމަށްވެސް އެދިފައިވެއެވެ. ޕޮލިސް ސްޓޭޝަން ނެތްރަށެއްނަމަ އެރަށެއްގެ ރަށުކައުންސިލް އިދާރާ މެދުވެރިކޮށް ޕޮލިހަށް އެންގެވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
މި މީހުންނާ ބެހޭ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ފުލުހުންވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު