ޖޭއެސްސީގެ ރައީސްގެ މައްސަލަ އޭސީސީ އަށާއި މަޖިލީހަށް ހުށަހަޅައިފި
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އާދަމް މުހައްމަދުގެ މައްޗަށް ހުށަހެޅި އިތުބާރުނެތް ކަމުގެ މައްސަލަ ކޮމިޝަންގައި އެޖެންޑާ ކޮށްދީފައި ނުވާތީ އޭނާގެ މައްސަލަ އެންޓި ކޮރޮޕްޝަން ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވަމުން ގެންދަވާ އާދަމް މުހައްމަދުގެ މައްސަލަ އޭސީ އަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވީ އާންމު ރައްޔިތުންގެ ފަރާތުން ކޮމިޝަންގައި ހުންނަވާ އައްޝައިޚު ޝުއައިބް އަބްދުއްރަހުމާން އެވެ.
ރައްޔިތުންގެ މަޖިލީހަށާއި އޭސީސީ އަށް މައްސަލަ ހުށަހެޅުއްވުމަށް ފަހު ޝުއައިބް ވިދާޅުވީ އޭނާ ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއް ކޮމިޝަނަށް ހުށަހެޅުމުން އާދަމް މުހައްމަދު މަގާމުނެ ނުފޫޒްގެ ބޭނުން ކުރައްވައިގެން އެ މައްސަލަ އެޖެންޑާ ކޮށްދީފައި ނުވާ ކަމަށެވެ. އަދި އާދަމް މުހައްމަދު މައްސަލަ އެޖެންޑާ މުކުރުމަސް ނިންމީ އާދަމް މުހައްމަދު އަމިއްލަފުޅަށް ކަމަށެވެ. އަދި އެކަން ކުރެއްވީ ކޮމިޝަންގެ ގަވާއިދާ ޚިލާފަށް ކަމަށް ވެސް ޝުއައިބް ވިދާޅުވި އެވެ.
ޝުއިބް ވިދާޅުވީ އާދަމް މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއް ޖޭއެސްސީ އަށް ހުށަހެޅުއްވީ އޭނާ މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ކޮމިޝަންގެ އެހެން މެންބަރުންނާއި މަޝްވަރާ ކުރުމެއްނެތި ތަފާތު އެކި މައްސަލަ ތައް ނިންމަމުން ދާތީ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު