އެޗްއެސްބީސީ މެދުވެރިކޮށް އިނގިރޭސި ވިލާތުގައި އެތައް މިލިއަން ފައުންޑެއްގެ ޓެކްސް ދެއްކުމަށް މަކަރު ހަދައިފި

image

އެއެސްބީސީން އިނގިރޭސިވިލާތުގެ މުއްސަނދިންނަށް ޓެކްސް ދެކުމަށް މަކަރު ހެދުމަށް އެހީތެރިވެދީފައިވާކަމަށް ބީބީސީން ތުހުމަތުކޮށްފިއެވެ.

ބީބީސީން ބުނެފައިވަނީ އެ ބޭންކުން ލީކުވެފައިވާ ބައެއް ލިޔެކިއުންތަކުން އިނގިރޭސި ވިލާތުގައި ދިރިއުޅޭ ބައެއް މުއްސަނދިންނަށް ސުވިޒަލޭނޑުގައި ހުންނަ އެޗްއެސްބީސީގެ ޕްރައިވެޓް ބޭންކެއްގައި އެކައުންޓުތަކެއް ހަދައިދީފައިވާކަން އެނގޭކަމަށެވެ. 

އެލިޔެކިއުންތައް އެނެމް ފުރަތަމަ ލީކުކޮށްލާފައިވަނީ ފްރާންގެ ނޫހަކުންނެވެ. އެ ލިޔެކިއުންތަކުގައި ބުނެފައިވާގޮތުން އިނގިރޭސި ވިލާތުގެ ބައެއް މުއްސަނދިން ވަނީ އެހެން ބޭންކުތަކުގައި އާއިލާ އެކައުންޓުތައް ތައްޔާރުކުރުމަށްފަހު އެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައެވެ. އަދި އެފަދަ ފަރާތްތަކުގެ މައްސަލަ ރިޕޯޓުކުރުމުގެ ބަދަލު އެޗްއެސްބީސީން އެފަދަ ފަރާތްތަކަށް މަކަރުހެދުމަށް އެހީތެރިވެ ދީފައިވާކަމަށް ބީބީސީން ބުނެއެވެ. 

ހަބަރު ފެތުރުމާއިއެކު، ބައެއް މީހުން އިނގިރޭސި ދައުލަތަށް ނުދައްކައިހުރި ފައިސާތައް ދައްކަމުން އަންނަކަމަށްވެސް ބީބީސީން ބުނެއެވެ. 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް