ޔަމަނުގެ ރިޔާސީ ގަނޑުވަރު އަލް ހޫތިއްޔޫން ހަނގުރާމުވެރިން ހިފައިފި

image

ޔަމަނުގެ ރިޔާސީ ގަނޑުވަރު ޒައިދީ ޝިޔައީ ޖަމާއަތެއްކަމަށްވާ ހޫތިއްޔޫން ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ހަނގުރާމަވެރިން ގަނޑުވަރު ހިފާފައިވަނީ ވަރަށް ފަސޭހަކަމާއެކުއެވެ. 

"ހަނގުރާމަވެރިން ގަނޑުވަރު އަތުލީ ވަރަށް ފަސޭހައިން. ހަމަލައި ދޭންފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ގަނޑުވަރު ގާޑުން ފަހަތައް ޖެހިއްޖެ،" މަންޒަރު ދުށް މީހަކު ބުނެފައިވެއެވެ. 

ހޫތިއްޔޫން ހަނގުރާމަވެރިންގެ ވެހިކަލުތައް ގަނޑުވަރުގެ ދޮރާށިން އެތެރެއަށް ވަންނަ މަންޒަރުވެސް ފެނިފައިވާކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ. 

ރިޔާސީ ގަނޑުވަރު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގޮސްފައިވާކަން، ޔަމަނު ސަރުކާރުގެ އޮފިޝަލުން ވެސް ވަނީ ޔަގީންކޮށްދީފައިއެވެ. 

ޔަމަނު ސިފައިން ދިން ހަމަލާއެއްގައި އެ ހޫތިއްޔޫން ޖަމާއަތުގެ އިސްވެރިންގެ ބަޔަކު 2004 ވަނަ އަހަރު ވަނީ މަރުވެފައެވެ. އޭގެ ފަހުން އެ ޖަމާއަތާ ޔަމަނު ސިފައިންނާ ދެމެދު ދޭތެރެ ދޭތެރެއިން ނުރައްކާތެރި ކުރިމަތިލުންތައް ހިނގައެވެ. 

ބައެއް ރިޕޯޓުތައް ބުނާގޮތުން ޔަމަނު ސިފައިންގެ ބައެއް އޮފިސަރުން ވެސް މިހާރު ތަބާވަނީ ހުތިއްޔޫން ޖަމާއަތުގެ ކޮމާންޑަށެވެ. 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް