އިސްލާމިކް ސްޓޭޓުން ހައްޔަރުކޮށްގެން ގެންގުޅު ޔަޒީދީންގެ ބަޔަކު ދޫކޮށްލައިފި

image

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ހައްޔަރުކޮށްގެން ގެންގުޅުނު އިރާގު ޔަޒީދީންގެ 300 މީހުން ދޫކޮށްލައިފިއެވެ.

އައިއެސް އިން ދޫކޮށްލާފައިވާ ޔަޒީދީންގެ ތެރޭގައި ގިނައިން ހިމެނެނީ އުމުރުން ދުވަސްވީ މީހުންނެނެވެ. އެހެން ނަމަވެސް ގިނަ އަދަދެއްގެ ޔަޒީދީ އަންހެން ކުދިން އަދިވެސް ތިބީ ހައްޔަރުކޮށްފައެވެ. ދޫކޮށްލި ބައެއް މީހުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާ ވެފައިވަވާކަމަށް އިރާގުގެ އޮފިޝަލުން ވިދާޅުވެއެވެ. 

އެމީހުން ދޫކޮށްލުމަށް އައިއެސް އިން ކޮށްފައިވާ ޝަރުތެއް އަދި ސާފު ނުވާކަމަށް އަލް ޖަޒީރާއިން ބުނެއެވެ. ނަމަވެސް ދޫކޮށްލި މީހުންނަށް ފަރުވާދިން ހޮސްޕިޓަލެއްގެ އޮފިޝަލެއް ވިދާޅުވެފައިވަނީ "އައިއެސްއިން އެމީހުން ދޫކޮށްލީ އެމީހުންނަށް ކާންދީ ބެލެހެއްޓޭނެ ގޮތެއް ނެތިގެންކަމަށް،" ގަބޫލުކުރެވޭކަމަށެވެ. 

"ގިނަ މީހުންތިބީ ހުސްބަނޑާ. އެމީހުން ނުކައި ތިބޭތާ އެއް ދުވަހެއް ވެއްޖެ. އަޅުގަނޑަށް ގަބޫލުކުރެވެނީ އައިއެސްއަށް އެމީހުން ބެލެހެއްޓޭނެ ގޮތެއް ނެތިގެން ދޫކޮށްލީކަމަށް،" އޭނާ ވިދާޅިއެވެ.

ޔަޒީދީންނަކީ ކުރުދީ ބަހުން ވާހަކަދައްކާ ބައެކެވެ. އެމީހުންގެ ދީނުގައި އިސްލާމު ދީނާ ވައްތަރު ކަންތައްތަކެއް ހުރި ނަމަވެސް އެމީހުންނަކީ މުސްލިމުންކަމަށް ސުންނަތް ޖަމާއަތުގެ މީހުންނެއް ނުދެކެއެވެ.  އިރާގުގައި 650،000 ޔަޒީދީން ދިރިއުޅެވެ. 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement