އިންތިހާބު ހުއްޓުވުމަށް މަސައްކަތެއް ނުކުރަން: ރާޖަޕަކްސާ

image

އެންމެފަހުން ސިރީ ލަންކާގައި ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުލުން ހުއްޓުވާލުމަށް މަސައްކަތް ނުކުރާކަމަށް އެގައުމުގެ ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސާ ވިދާޅުވެއްޖެއެވެ.

ރާޖަ ޕަކްސަރ މިއަދު ކުރެއްވި ޓުވީޓެެއްގައި ވިދާޅުވެފައިވަނީ، އިންތިހާބު ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ސިފައިންގެ އެހީތެރިކަން ހޯދުމަށް އޭނާ މަސައްކަތްކުރެއްވިކަމަށް ފަތުރާފައިވާ ހަބަރުތަކަކީ އެއްވެސް ހަގީގަތެއް އޮތް ހަބަރުތަކެއް ނޫންކަމަށެވެ. އަދި ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުރައްވާކަމަށް ވެސް ރާޖަ ޕަކްސަރ ވަނީ ވިދާޅުވެފައެވެ. 

"ނަތީޖާ އިއުލާނުކުރުމުގެވެސް ކުރިން އަޅުގަނޑުވާނީ ނިންމުން ގަބޫލުކޮށް އައު ރައީސަށް މަރުހަބާވެސް ދަންނަވާފައި،" ރާޖަޕަކްސާ ވިދާޅުވެފައިވެއެވެ. 

ރާޖަޕަކްސާ މިހެން ވިދާޅުވި ނަމަވެސް، ލަންކާގެ އައު ރައީސް މަތިރިޕާލާ ސިރިސޭނާގެ ސަރުކާރުން ތުހުމަތު ކޮށްފައިވަނީ، ސިފައިންގެ އިސްވެރިއާއި، ފުލުހުންގެ އިސްވެރިއާ މެދުވެރިކޮށް، ވެރިކަމުގައި ދެމިހުންނެވުމަށް ރާޖަޕަކްސާ މަސައްކަތް ކުރައްވާފައިވާކަމަށެވެ. 

ސިރީލަންކާގައި 2005 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަމުން ގެންގޮސްފައިވަނީ ރާޖަޕަކްސާއެވެ. 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް