ސީރިއާގެ ފިލްމީތަރިއެއް އަސަދުއަށް ގޮންޖަހައިފި

image

ސިރީގެ މަޝްހޫރު ފިލްމީތަރިއެއްކަމަށްވާ އީހަބް ޔޫސުފް އެގައުމުގެ ރައީސް ބައްޝާލުން އަސަދުއަށް ގޮންޖަހައިފިއެވެ.

އައްސަދުއަށް ގޮންޖެހުމުގެ ގޮތުން އޭނާވަނީ ދެ މިނެޓު ވަންދެން ފިނި ސްނޯތަކެއްގެ ތެރޭގައި އޮތުމަށްފަހު ޔޫޓިއުބަށް ވީޑިއޯއެއް އަޕްލޯޑު ކޮށްފައެވެ.

އެ ވީޑިއޯގައި އޭނާ ވަނީ އެންމެ ދެ މިނެޓަށް ނަމަވެސް، ސްނޯގެ ފިނިކަން އިހުސާސު ކޮށްލުމަށް އައްސަދުއަށް ގޮންޖަހައިފައެވެ. ނުވަތަ ސީރިއާގެ ރެފިއުޖީ ކޭމްޕެއްގައި އެއް ރޭ ހޭދަކޮށްލުމަށް އައްސަދުއަށް ގޮންޖަހައިފައެވެ. އަދި ހާލުގައި ޖެހިފައިވާ ސީރިއާގެ ރެފިއުޖީންނަށް އެހީތެރިވުމަސް އޭނާ ގޮވާލާފައިވެއެވެ. 

ޔޫސުފް އައްސަދުއަށް ގޮންޖަހާފައިވާއިރު، އެކަން ވަނީ ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން ހޯދާފައެެވެ. 

ސީރިއާގެ ރެފިއުޖީން ތިބި ސަރަހައްދަށް ވަނީ ސްނޯގެ ތޫފާނެއް އައިސްފައެވެ. ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން، ސީރިއާ، ސޫދާން އަދި ލުބުނާނުގައި ތިބި އެތައް މިލިއަން ރެފިއުޖީންނެއްވަނީ ހާލުގައިޖެހިފައެވެ. 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް