ފްރާންސްގެ މަގުތަކުގައި 10،000 ސިފައިން ފޯރިމަރަނީ

image

ފްރާންސްގެ ނޫސް މަޖައްލާއެއްކަމަށް ޗާލީ ހެބްޑޯއަށްގެ އިދާރާއަށް ދިން ހަމަލާއެއްގައި އެ ނޫހުގެ 17 މުވައްޒަފުން މަރުވުމާ ގުޅިގެން ފްރާންސްގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފިއެވެ.

އެ ހަމަލާ ދިނުމުގައި ބައިވެރިކަމަށް ތުހުމަތުކުރެވޭ ތިން މީހަކު ހުކުރު ދުވަހު ވަނީ މަރާލައިފައެވެ. އެހެން ނަމަވެސް ހަމަލާގައި ބައިވެރިވި އަންހެނަކު ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ. 

އެ އަންހެން މީހާ ތުރުކީ މަގުން ސީރިއާއަށް ވަދެފައިވާކަމަށް ތުރުކީގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. 

މިއަދު ބޭއްވި ބައްދަލުވުމަކަށްފަހު ފްރާންގެ ޕްރައިމް މިނިސްޓަރ  މެނުލް ވާލްސް ވިދާޅުވެފައިވަނީ، ހަމަލާދިން ހުރިހާއެންމެން އަދިވެސް އަތުނުލެވޭކަމަށެވެ. އަދި އެމީހުން ހޯދުމަށް އިތުރުމަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ. 

ފްރާންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 10،000 ސިފައިން މަގުތަކަށް ނެރެފައިވާއިރު، ފުލުހުންގެ 5،000 އަށްވުރެ ގިނަ އޮފިސަރުން އަންނަނީ ޔަހޫދީ ސްކޫލުތައް ހިމެނޭ ސަރަހައްދުތަކާއި، ސަރުކާރު އިމާރާތްތައް ކައިރީގައި ފޯރިމަރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް