ރާޖަޕަކްސަރ ގެންދަވަނީ ވެރިކަން ދޫކޮށްލުމަށް ދެކޮޅުހައްދަވަމުން: ތަރުޖަމާނު

image ސިރީލަންކާގެ ކުރީގެ ރައީސް މަހިންދުރަ ރާޖަޕަކްސާ

މިދިޔަ ބުރާސްފަތިދުވަހު ސިރީލަންކާގައި ބޭއްވި ރިޔާސީ އިންތިހާބު ނާކާމިޔާބުވެ ވަޑައިގަތް އެގައުމުގެ ކުރީގެ ރައީސް މަހިންދުރަ ރާޖަ ޕަކްސާ ވެރިކަން ދޫކޮށްލެވުމާ ދެކޮޅު ހައްދަވާކަމަށް ހަބަރުތައް ފެތުރިއްޖެއެވެ.

ސިރީލަންކާގެ އައު ސަރުކާކަރުން ގެންދަނީ ރާޖަ ޕަކްސަރ ވެރިކަން ދޫކޮށްލެއްވުމަށް ދެކޮޅުހަދާކަމަށް ބުނާ ހަބަރުތައް ތަހުގީގުކުރަމުންނެވެ.

"އާންމުންނަށް ހީފުޅުވަނީ ވެރިކަން ބަދަލުވަނީ ވަރަށް ސުލްހަވެރިކޮށް ކަމަށް. އެކަމަކު އެކަން ހިނގަނީ އެގޮތަކަށް ނޫން. ރާޖާޕަކްސާއަށް ވެރިކަން ގެއްލުނަށް ސިފައިންގެ އިސްވެރިއާއި ފުލުހުންގެ އިސްވެރިއާ މަގާމުން އިސްތިއުފާ ދެއްވުމަށް ވަނީ ދެކޮޅު ހައްދަވާފައި،" ސިރީލަންކާގެ އައު ސަރުކާރުގެ ތަރުޖަމާނު މަންގަލާ ސަރުވަންވީރާ މީޑިއާދެއްވި ބަސްދީގަތުމެއްގައި އާދިއްތަ ދުވަހު ވިދާޅުވެފައިވެއެވެ.

ސިރީލަންކާގައި 2005 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަމުން އަންނަނީ ރާޖަޕަކްސަރއެވެ. ސަރުވަންވީރާ މީޑިއާއަށް ވިދާޅުވެފައިވާގޮތުގައި ވޯޓުން ބަލިވެ ވަޑައިގަންނަވާން ފެށުމުން ރާޖަޕަކްސަރ ވަނީ އިންތިހާބު ބާތިލުކޮށްލެއްވުމަށް ވެސް މަސައްކަތްކުރައްވައިފައެވެ.

ލަންކާގެ އައު ސަރުކާރުން މިފަދަ ތުހުމަތުތަކެއް ރާޖަރޕަކްސާގެ އިސްތަށިފުޅުގައި އެޅުވި ނަމަވެސް، ރާޖަޕަކްސާގެ ސަޕޯޓަރުން ބުނަމުން އަންނަނީ އެތުހުމަތު ތަކަކީ އެއްވެސް ބުރަދަނެއް ހުރި ތުހުމަތުތަކެއް ނޫންކަމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް