އެބޯލާ ފެތުރުން ވަނީ ކޮންޓްރޯލުން ނައްޓާލާފައި: ޑަބްލިއުއެޗްއޯ

image

އެބޯލޯ ފެތުރުން ކޮންޓްރޯލުން ނައްޓާލާފައިވާކަމަށް ބައިނަލް އަގުވާމީ ސިއްހަތާބެހޭ ޖަމިއްޔާ، ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.

އެފްރިކާގެ ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި އެބޯލާ ވައިރަހާ ގުޅޭގޮތުން ޑަބްލިއުއެޗްއޯ އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އެފްރިކާގެ ގައުމުތަކުގައި އެބޯލާޖެހުނު މީހުންގެ ދެބައިކުޅައެއްބައި މީހުން މަރުވެފައިވާކަމަށެވެ. އެބަލި ހަލުވިކަމާއެކު މިޅިދުނިޔެއަށް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. 

އެ ރިޕޯޓުގައި ބުނެފައިވަނީ މިހާތަނަށް 8033 މީހުންނަށް އެބޯލާ ވައިރަހުގެ އަސަރުކޮށްފައިވާކަމަށެވެ. އޭގެތެރެއިން 3879 މީހުން މަރުވެފައިވާކަމަށެވެ. އެފްރިކާގެ ގައުމުތަކުގައި އެބޯލާ ޖެހޭ މީހުންނަށް ފަރުވާދޭން އެކަށީގެންވާ ވަސީލަތްތައް ނެތްކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން ލައިބޭރިއާއި ސިރިއަ ލިއޯންގައި އެބަލި ޖެހިފައިވާ މީހުންގެ ތިންބައިކުޅަ ދެބައި މީހުން ބައިތިއްބާނެ އެނދުވެސް ނެތްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 

ލައިބޭރިއާގައި އެބޯލާ ޖެހޭ މީހުންގެ އަދަދު މަދުވަމުން އަންނަކަމަށް ކޮށްފައިވާ ރިޕޯޓުތަކަކީ ސައްހަ ރިޕޯޓުތަކެއް ނޫންކަމަށް ވެސް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ލައިބޭރިއާގެ ރައީސް އެލެން ޖޯންސަން ސާރލީފް ވިދާޅުވެފައިވަނީ އެގައުމަށް ބައިނަލްއަގުވާމީ އެހީ ލިބެމުން އަންނަނީ އެކަށީގެންވާ މިންވަރަށްވުރެ ލަހުންކަމަށެވެ. 

"އަޅުގަނޑުމެން ބޭނުންވަނީ މިއައްވުރެ އަވަހަށް ފިޔަވަޅު އެޅޭނެގޮތެއްވުން. ސިއްހީ ހިދުމަތް ފޯރުކޮށްދޭ މީހުންނާ، ތަކެއްޗާ ފައިސާވެސް ބޭނުން. މިހާރުވެސް ލިބެމުން އަންނަ އެހީތެރިކަން އަޅުގަނޑުމެން ބަލައިގަންނަން. އެހެން ނަމަވެސް އެ އީތައް ލިބޭ މިންވަރާ ސްޕީޑު އަވަސްވުން އަޅުގަނޑުމެންގެ އުންމީދަކީ،" ސާރލީފް ރޮއިޓާސް އަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް