ހާމާސްއާއި އިޒްރޭލުގެ ހަނގުރާމަ އަނެއްކާ ވެސް ތިން ދުވަހަށް މެދުކަނޑައިލައިފި

image އިޒްރޭލުން ހަމަލާދިނުމުގެ ސަބަބުން ގެދޮރު ހަލާކުވެފައިވާ މީހަކާއި އޭނާގެ ދަރިފުޅު މާޔޫސްވެފައި: ފޮޓޯ -ސީކޭއެން

ހަމާސް އާއި އިޒްރޭލުގެ ހަނގުރާމަ އަނެއްކައިވެސް ތިން ދުވަހަށް މެދުކަނޑައިލައިފިއެވެ.

ހަނގުރާމަ މެދުކަނޑާލާފައިވަނީ މިސްރުން ހުށަހެޅި ހުށަހެޅުމަކަށެވެ. ހަމަލާތައް މެދު ކަނޑައިލުމަށް ނިންމާފައިވަނީ ޖީއެމްޓީ ގަޑިން މިއަދު ހެނދުނު 0500 އިން ފަށައިގެން 72 ގަޑީއިރަށެވެ.

ނަމަވެސް "އަލް ޖަޒީރާއިން" ބުނީ މިއަދު ހެނދުނު ވެސް ހަމާސް އިން އިޒްރޭލަށް ދިން ރޮކެޓު ހަމަލާއަކާއި ގުޅިގެން ރައްދުގައި އިޒްރޭލުން ޣައްޒާއަށް މިސައިލު ހަމަލާތަކެއް ދީފައިވާކަމަށެވެ. އޭގެ ފަހުން އިތުރު ހަމަލާއެއް ބަދަލުނުކުރާކަމަށް އެ ނޫހުންބުނެއެވެ.

އިޒްރޭލުން ވަނީ ހަނގުރާމަ މެދުކަނޑާލާފައިވާ ވަގުތުގައި އެގައުމުގެ އަސްކަރީ ފައުޖުތައް ޣައްޒާއިން ނެރޭނެކަމަށް ބުނެފައެވެ. ނަމަވެސް ފައުޖުތައް ގައްޒާ ކައިރީގައި ހުރި ދިފާއީ ސަރަހައްދުތަކުގައި ބޭތިއްބުމަށް ނިންމާފައިވާކަމަށް އިޒްރޭލުން ބުނެއެވެ.

ޣައްޒާއަށް ހަމާސްއިން ހަތިޔާރު އެތެރެ ކުރުމަށް ބޭނުންކުރާ 32 ބިންގަރާހެއް ރޭ ހަލާކުކޮށްލާފައިވާކަމަށް އިޒްރޭލުން ބުނެއެވެ. ދެން އިތުރު ބިންގަރާހެއް ނުހުންނާނެކަމަށް ވެސް އިޒްރޭލުން ވަނީ ބުނެފައިއެވެ. އިޒްރޭލުން ޣައްޒާއަށް އަރާފައިވަނީ ވެސް ބިންގަރާސްތައް ހަލާކުކޮށްލުމަށް ކަމަށްބުނެއެވެ.

މިދިޔަ ހުކުރު ދުވަހުވެސް އިޒްރޭލާއި ހަމާސް އިން ތިން ދުވަހަށް ހަނގުރާމަ މެދުކަނޑައިލުމަށް ނިންމިއެވެ. އެހެނަސް އެ ދުވަހު އަލުން އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފަށާފައިވަނީ އެމީހުންގެ ހަނގުރާމަވެރިއެއް ހަމާސްއިން ރަހީނުކުރިކަމަށް ބުނެއެވެ. އެހެން ނަމަވެސް ފަހުން އިޒްރޭލުން ބުނީ ހާމާސްއިން އެމީހުންގެ ހަނގުރާމަވެރިއާ ރަހީނުކުރިފަހުން ހަމަލާއެއްގައި މަރުވެފައިވާކަމަށެވެ.

ހުސްވި ޖުލައިމަހުގެ 8 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން އަންނަނީ ޣައްޒާގެ އާންމުންގެ ދިރިއުޅޭ ސަރަހައްދުތަކާ، ހޮސްޕިޓަލްތަކާ، ސްކޫލްތައް ފަދަ ތަންތަނަށް ހަމަލާދީ ފަލަސްތީނުގެ ރައްޔިތުން މަރަމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް 1865 މީހުން މަރުވެފައިވެއެވެ. އޭގެ ތެރެއިން 80 އިންސައްތަ މީހުންނަކީ އާންމުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement