އިޒްރޭލާއި ހަމާސްގެ ހަނގުރާމަ 12 ގަޑީރަށް މެދުކަނޑާލައިފި
އިޒްރޭލާއި ހަމާސްގެ ހަނގުރާމަ 12 ގަޑީރަށް މެދު ކަނޑާލައިފިއެވެ.
ޖީ.އެމް.ޓީ ގަޑިން ހެނދުނު 5:00 އިން ފަށައިގެން ބާރަ ގަޑީރު ވަންދެން ހަމަލާ ދިނުން މެދު ކަނޑާލާފައިވާއިރު، މިހާތަނަށް ފަލަސްތީނުން މަރުވި މީހުންގެ އަދަދު ވަނީ 900 އަށް އަރާފައެވެ.
ހަނގުރާމަ މެދު ކަނޑާލާފައިވަނީ އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ އާއި، އދ ގެ ސެކެރެޓަރީ ޖެނެރަލް ބަންކީ މޫން ހުށަހަޅުއްވާފައިވާ ހުށަހެޅުމަކަށެެވެ.
. ހަނގުރާމަ ހުއްޓާލުމުގެ ކުރިން ދެ ފަރާތުން ވެސް ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައިވާކަމަށް އަލް ޖަޒީރާއިން ބުނެއެވެ. ރޭ އިޒްރޭލުން ދިން ހަމަލާތަކުގައި އެއް އާއިލާއަކަށް ނިސްބަތްވާ 20 މީހުން ވަނީ މަރުވެފައެވެ. އަދި އާންމުން ދިރިއުޅޭ 10 ގެއަކަށް ވަނީ އިޒްރޭލުގެ ހަމަލާތައް އަމާޒުވެފައެވެ. ހަނގުރާމަ މެދުކަނޑާލި ފަހުން ވީރާނާވެފައިވާ ގެތަކުގެ ދަށުން މަރުވެފައިވާ 35 މީހުން ފެނިފައިވާކަމަށް ފަލަސްތީނުގެ އެމަޖަންސީ ސާވިސްގެ ތަރުޖަމާނު އަޝްރަފް އަލް ގުދުރާ ވަނީ ވިދާޅުވެފައެވެ.
ފަލަސްތީނުން މަރުވި މީހުންގެ އަދަދު 900 އަށް ވުރެ މައްޗަށް އަރާފައިވާއިރު އިޒްރޭލުގެ އާންމުންގެ ތެރެއިން މަރުވެފައިވަނީ ދެ މީހުންނެވެ. އަދި އިޒްރޭލުގެ 12 ހަނގުރާމަވެރިން މަރުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު