އިޒްރޭލުގެ ރަސްމީ އެެއާޕޯޓަށް އަނެއްކާވެސް ހަމަލާދީފި

image އިޒްރޭލު ޓެލް އަވީވުގެ ބެން ގޫރިއަން އެއާޕޯޓު

ހަމާސް އިން އިޒްރޭލުގެ ރަސްމީ އެއާޕޯޓު ކަމުގައިވާ ޓެލް އަވީވުގެ ބެން ގޫރިއަން އެއާޕޯޓަށް އަނެއްކާ ވެސް ރޮކޮޓު ހަމަލާތަކެއް ދީފިއެވެ.

މިއީ މިހަފްތާ ތެރޭގައި އިޒްރޭލުގެ ރަސްމީ އެއާޕޯޓަށް ހަމާސްއިން ހަމަލާދިން ދެވަނަ ފަހަރެވެ. އެއެއާޕޯޓަށް ތިން ރޮކޮޓު މިއަދުގެ ވަގުތެއްގައި ފޮނުވާލާފައިވާކަމަށް "އަލް ޖަޒީރާއިން" ބުނެފައިވެއެވެ. 

"އަހަރުމެން ވާނީ ޖީއެމްޓީ ގަޑިން ހެނދުނު 8:45 ގައި އިޒްެރޭލުގެ ބެން ގޫރިއަން އެއާޕޯޓަށް އެމް 75 ގެ ރޮކެޓުން ހަމަލާދީފައި،" ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. 

އިޒްރޭލުގެ އޮފިޝަލެއް "އޭއެފްޕީ" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެއާޕޯޓަށް ވެއްޓުމުގެ ކުރިން ދެ ރޮކެޓު ގޮވާލާފައިވާކަމަށެވެ. ނަމަވެސް ފްލައިޓް ޓްރެކާސް އިން ބުނެފައިވަނީ ކެނެޑާގެ AC84 ފްލައިޓު އިޒްރޭލު ބެން ގޫރިއަށް އެއާޕޯޓުގައި ނުޖެއްސިގެން އެސަރަހައްދުގައި ބުރު ޖަހާފައިވާކަމަށެވެ. 

މިދިޔަ އަންގާރަ ދުވަހުވެސް ހަމާސް އިން ވަނީ އިޒްރޭލުގެ ރަސްމީ އެއާޕޯޓުގެ ރަންވޭ ކައިރިއަށް ރޮކެޓު ހަމަލާތަކެއް ދީފައެވެ. ހަމާސްގެ ހަމަލާތަކާއި ގުޅިގެން ޔޫރަޕުގެ ގައުމުތަކުންނާއި އެމެރިކާއިން ވަނީ އެގައުމުތަކުގެ ފްލައިޓްތައް އިޒްރޭލަށް އުދުހުން ދެ ދުވަހަށް މެދުކަނޑައިލާފައެވެ. 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް