ޣައްޒާގެ މައްސަަލައިގައި ޔަހޫދީންނާ ދެކޮޅަށް ބަސްބުނި ނޫސްވެރިއަކު މޮސްކޯއަށް ބަދަލުކޮށްފި
ޣައްޒާއަށް ބޮން އަޅަމުންދިޔައިރު އެކަމަށް އުފާފާޅު ކުރަމުންދިޔަ ޔަހޫދީންނާ ދެކޮޅަށް ނުރުހުންތެރިކަން ފާޅުކުރި ސީއެެންއެންގެ ނޫސްވެރިއަކު މޮސްކޯއަށް ބަދަލު ކޮށްފިއެވެ. އިޒްރޭލާއި ޣައްޒާގެ މައްސަލަ ކަވަރު ކުރަމުންދިޔަ ސީއެންއެންގެ ނޫސްވެރިޔާ ޑައޭނާ މެގްނޭ ސީއެންއެން އިން މޮސްކޯއަށް ބަދަލުކުރީ ޔަހޫދީން އޭނާއަށް އިންޒާރުވެސް ދީފައި ވަނިކޮށްނެވެ.
"(އުފާފަޅުކުރަމުންދިޔަ ޔަހޫދީންގެ ފަރާތުން) އިންޒާރުތަކާއި ދުއްތުރާތަކާއި ކުރިމަތިވުމުން ޑައޭނާ ވަނީ ޓްވިޓަރގައި އެކަމުގެ ރުޅި ބާލާފައި،" ސީއެންއެންގެ ތަރުޖަމާނަކު ބޭރުގެ ނޫސްތަކަށް ހާމަކޮށްފައިވެއެވެ.
ސީއެންއެންގެ ތަރުޖަމާނުވަނީ ޣައްޒާއަށް ބޮން އަޅަމުންދިޔައިރު އެކަމަށް އުފާފާޅު ކުރަމުންދިޔަ ޔަހޫދީންގެ ކިބައިން ޑައޭނާ އެމީހުންނަކީ "ސްކަމް" އޭބުނެފައިވާތީ އެކަމަށް މަޢާފަށް އެދިފައެވެ.
ޑައޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިޒްރޭލުން ޣައްޒާއަށް ހަމަލާދެމުންދިޔަ އިރު އެކަމަށް އުފާފާޅުކޮށް "ކުޅި ބަލަން" ތިބި ޔަހޫދީންގެ ލައިވް ކަވަރޭޖް އެއް ގެނެސްދީފައެވެ. އަދި އެކަމާއި ދެކޮޅަށް އެންމެ ބަހެއްވެސް ބުނެފިއްޔާ ޑައޭނާގެ ކާރު ހަލާކުކޮށްލާނެކަމަށް އެމީހުން (ޔަހޫދީން) އިންޒާރުދިނެވެ.
"ޑެރޮޓްގެ މަތީގައިވާ ފަރުބަދައެއްގެ މަތީގައި އިޒްރޭލީންތައް ދިޔައީ ޣައްޒާއަށް ބޮން އަޅަމުންދިޔަ އިރު އުފާފާޅުކުރަމުން. އެމީހުންނާ ބެހޭގޮތުން އެމީހުން ނުރުހޭފަދަ އެންމެ ބަހެއްވެސް ބުނެފިނަމަ އަހަރެމެންގެ ކާރު ހަލާކޮށްލާނެކަމަށް އެމީހުން ދިޔައީ އިންޒާރުދެމުން،" ޑައޭން ޓްވިޓަރގައި ލިޔެފައިވެއެވެ.
މިފަދަ މައްސަލައެއްގައި އެންބީސީ ނިއުސްއިންވަނީ ދާދި ފަހުން އިޒްރޭލް-ޣައްޒާ ގެ ޚަބަރުތައް ކަވަރުކުރަމުން ދިޔަ އެނޫސް އޭޖެންސީގެ ނޫސްވެރިޔާ މޮހްޔެލްޑިން އެސަރަޙައްދުން ފޮނުވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު