ސީރިޔާގައި ވޯޓުލާން ފަށައިފި
ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން ކޮންމެދުވަހަކުވެސް އެތައްބަޔަކު މަރުވަމުން އަންނަ ސީރިއާގައި މިއަދު ރިޔާސީ އިންތިހާބު ފަށައިފި އެވެ.
ސީރިއާގައި ރިޔާސީ އިންތިހާބު މިއަދު ފަށާފައިވާއިރު،ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ސަރުކާރު ކޮންޓްރޯލް އޮތް ސަރަހައްދުތަކުގައިއެކަންޏެވެ. ހަނގުރަމަ ކުރަމުންދާ ސަރަހައްދުތަކާއި، ހަނގުރާމަވެރިންގެ ބާރުގެދަށުގައި އޮތް ސަރަހައްދުތަކުގައި ވޯޓު ފޮށްޓެއް ނުބަހައްޓަ އެވެ.
ސަރުކާރާއި ވަކިވެގަތުމަށް ތިންއަހަރު ވަންދެންމެދުނުކެނޑި މަސައްކަތްކުރާ ހަނގުރާމަވެރިންނާއި އެގައުމުގެ ރައީސް ބައްޝާރުލްއަސަދުގެ ސިފައިންނާ ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އެތައް ހާސްބައެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ. އަދި އެތައް މިލިއަން ބައެއް އެމީހުންދިރިއުޅޭ ސަރަހައްދުތައް ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެހެން ސަރަހައްދުތަކަށްވަނީ ބަދަލުވާން ޖެހިފަ އެވެ.
މިއަދު ކުރިއަށްގެންދާ ރިޔާސީ އިންތިހާބު ވެސްކާމިޔާބު ކުރާނެކަމަށް ބީބީސީން އަންދާޒާ ކޮށްފައިވަނީ މީގެ ކުރިން ވެސް ހަތްދައުރުގައި ވެސް އިންތިހާބު ކާމިޔާބުކުރި މިހާރު ވެސް އެގައުމުގެ ރައީސް ބައްޝާރުލްއަސަދެވެ. އެހެނީ ހަނގުރާމަވެރިންނާއި އެމީހުންގެ ސަޕޯޓަރުން ވަނީ ރިޔާސީއިންތިހާބުގައި ބައިވެރިނުވާނެކަން އިއުލާނުކޮށްފަ އެވެ. އަދި އެމީހުންގެކޮންޓްރޯލުގައި ހުރި ސަރަހައްދުތަކުގައި ވޯޓު ފޮށި ބެހެއްޓިޔަ ނުދޭނެކަމަށް ވެސްއަދި އެ މީހުން ވަނީ ބުނެފަ އެވެ.
ސީރިއާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 18.5މިލިއަން މީހުން ދިރިއުޅެ އެވެ. މިހާތަނަށް ވަނީ 9600 ވޯޓު ފޮށި ބަހައްޓައިފައެވެ.
ކިޔުންތެރިންގެ ހިޔާލު