ގްރީސްގެ ސެޕަލޯނިއާ އަށް ވަރުގަދަ ބިން ހެލުމެއް އައިސްފި

އައޯނިއަން ކަނޑުގައި އޮންނަ ގްރީސްގެ ސެޕަލޯނިއާ އައިލެންޑަށް 6.1 ގެ ބޮޑު ބިންހެލުމެއް އައިސްފިއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސް) އިން ހާމަކުރާގޮތުގައި މިބިންހެލުން އެރަށަށް އައިސްފައިވަނީ ފަތިހު 5:08 ގައެވެ. އަދި މިބިންހެލުމުގެ އެޕިސެންޓަރ ވަނީ އެތަންސްއައި 300 ކިލޯމީޓަރު ހުޅަނގުން އޮންނަ ލިކްޒޫރިއަން ޓައުންނާއި 12 ކިލޯމީޓަރު ކައިރިންނެވެ.

ޔޫއެސްޖީއެސް އިން ހާމަކުރާގޮތުގައި މިބިން ހެލުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުންވެފައިވާ ކަމަށް އަދި އެނގިފައި ނުވާކަމަށެވެ.

މިދިޔަ މަހުގައި ހަމަ އެސަރަޙައްދަށްވަނީ ރެކްޓަރ މިންގަނޑުން 5.8 ގެ ބިންހެލުމެއް އައިސްފައެވެ. އެބިން ހެލުމުގެ އަސަރު އައޯނިއަން ކަނޑުގެ އެހެން ރަށްތަކަށާއި އަދި ވެރިކަންކުރާ ރަށް އެތަންސްއަށްވެސް ކޮށްފައިވެއެވެ.

1953 ވަނަ އަހަރު ސެޕަލޯނިއާ އައިލެންޑަށް އައި ބޮޑު ބިންހެލުމެއްގައި އެރަށުގެ ގާތްގަނޑަކަށް ހުރިހާ ގެތަކެއްވަނީ ބިމާ ހަމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް