މުރްސީގެ ޝަރީޢަތް އަންނަ ހަފްތާއަށް ފަސްކޮށްފި
މިޞްރުގެ ވެރިކަމުން ދުރުކޮށްފައިވާ އެޤައުމުގެ ރައީސް މުޙައްމަދު މުރްސީއާ ދެކޮޅަށް ކޯޓުގައި ހިނގަމުން އަންނަ ޝަރީޢަތުގެ އަޑުއެހުން އަންނަ ހަފްތާއަށް ފަސްކޮށްފިއެވެ.
ހޮނިހިރު ދުވަހުއޮތް އަޑުއެހުމަށް މުރްސީ ކޯޓަށް ހާޒިރުވެފައިވާއިރު އޭނާއަށް ދެކޮޅަށް ހުށަހެޅިފައިވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ރިޔާސީ ގަނޑުވަރު ކައިރީގައި މުޒާހަރާކުރަމުންދިޔަ މީހުންގެ ތެރެއިން 10 މީހުން މެރުމަށް އޭނާއަށް ތާޢީދުކުރާ މީހުންނަށް ހިތްވަރުދީފައިވާ ކަމުގެ ތުހުމަތުގެ ދައުވާއެވެ.
މިޝަރީޢަތުގެ އަޑުއެހުން ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 4 ވަނަ ދުވަހުއެވެ.
މުރްސީއާ އެކު މިޞްރުގައި މިހާރު މަނާކޮށްފައިވާ އިޚްވާނުލް މުފްލިސޫންގެ 14 މީހަކާ ދެކޮޅަށްވެސް މިދައުވާ ވަނީ އުފުލާފައެވެ. މިތުހުމަތުތައް ސާބިތުވެއްޖެނަމަ އެ އެންމެންގެ މައްޗަށް މަރުގެ ޙުކުމް އައުން ވަރަށް ގާތްކަމުގައި ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެއެވެ.ހޮނިހިރު ދުވަހު އޮތް އަޑުއެހުމަށް މުރްސީގެ ވަކީލުދިޔަ މަގުމަތީގައި މުރްސީއާ ދެކޮޅު މީހުންވަނީ މަގުމަތިން އޭނާއަށް ހަމަލާދީފައެވެ.
މީގެ ކުރީގައި ބޭއްވުނު އަޑުއެހުމުގައި މުރްސީ ހާމަކޮށްފައިވާ ގޮތުގައި އޭނާއަކީ އަދިވެސް މިޞްރުގެ ޤާނޫނީ ރައީސްއެވެ.
މިޞްރުގައި ޑިމޮކްރަޓިކް އިންތިޚާބަކުން އެންމެ ފުރަތަމަ އިންތިޚާބުކުރެވުނު ރައީސް މުރްސީގެ ވެރިކަން ވެއްޓިފައިވަނީ ވެރިކަން ލިބުނުތާ އަހަރެއްފަހުން މިސްރުގެ އަސްކަރިއްޔާއިން ކުރި ބަޣާވާތެއްގައެވެ.
ކިޔުންތެރިންގެ ހިޔާލު