ސީސީއަށް ރިޔާސީ އިންތިޚާބުގައި ބައިވެރިވެވޭނެ ކަމަށް ނިންމައިފި
މިސްރުގެ އަސްކަރިއްޔާގެ ވެރިޔާ ޢަބްދުލްފައްތާހް އަލްސީސީއަށް ރިޔާސީ އިންތިޚާބުގައި ބައިވެރިވެވޭނެ ކަމަށް އެޤައުމުގެ އިސް ޖެނެރަލުން ނިންމައިފިއެވެ.
މިސްރުގެ އަސްކަރިއްޔާގެ ސުޕްރީމް ކައުންސިލުން ހާމަކުރިގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާ ބެހޭގޮތުން ތަފްސީލީ ބަޔާނެއް އެކައުންސިލުން ނެރޭނެއެވެ.
ނޫސްތަކުން ބުނާގޮތުގައި މިސްރުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބައިވެރިވާނޭކަން މިހަފްތާގެ ތެރޭގައި ސީސީ އިއުލާން ކުރާނެއެވެ.
ސީސީއަކީ އަސްކަރިއްޔާގެ ވެރިޔާގެ އިތުރަށް އެޤައުމުގެ ޑިފެންސް މިނިސްޓަރެވެ. އަދި އޭނާއަކީ ރައީސް މުޙައްމަދު މުރްސީގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކެކެވެ.
ޕާލިމެންޓުގެ އިންތިޚާބުގެ ކުރިން ރިޔާސީ އިންތިޚާބް ބާއްވާނެކަމަށް މިސްރުގެ ވަގުތީ ރައީސް އާދީއްތަދުވަހު ވަނީ އިއުލާން ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު