ސިންގަޕޫރުގައި މަސައްކަތްކުރާ އިންޑިއާ މީހެއްގެ ގައިގައި ބަހަކުންޖެހި މަރުވުމުން ހަމަނުޖެހުންތަކެއް ހިނގައިފި

ސިންގަޕޫރުގައި މަސައްކަތްކުރާ އިންޑިއާގެ މަސައްކަތު މީހެއްގެ ގައިގައި ބަހަކުން ޖެހި މަރުވުމުން އެޤައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.

ދުނިޔޭގައި އޮތް އެންމެ ހަމަނުޖެހުން ކުޑަ ޤައުމުތަކުގެ އެންމެ ކުރީގައި ހިމެނޭ ސިންގަޕޫރުގައި ހިނގައިދިޔަ މިހަމަނުޖެހުމުގައި ދެކުނު އޭޝިއާގެ 27 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އިންޑިއާގެ 33 އަހަރުގެ މީހާ ޕްރައިވެޓް ބަހެއްގައި ޖެހި މަރުވީ ލިޓްލް އިންޑިއާއޭ ކިޔުނު ސަރަޙައްދެއްގައެވެ. އަދި އެމީހާ މަރުވުމާއި ގުޅިގެން 400 އަށް ވުރެ ގިނަ ބޭރުގެ މަސައްކަތު މީހުން މަގުތަކަށް ނިކުމެ ފުލުހުންނާއި ކުރިމަތި ލައި ފުލުހުންގެ ކާރުތަކެއްގައި އާއި އަދި އެމްބިއުލާންސެއްގައި ވަނީ ރޯކޮށްލާފައެވެ.

މިހަމަނުޖެހުމުގައި 18 މީހަކަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ. އަދި ޚަބަރުތަކުން ބުނާގޮތުގައި އޭގެ ތެރެއިން ގިނައީ ފުލުހުންގެ އޮފިސަރުންނެވެ.ފުލުހުންގެ ކޮމިޝަނަރ ނުގްޖޫހީ ހާމަކުރިގޮތުގައި މިއީ މިވޭތިވެދިޔަ 30 އަހަރުގައި އެޤައުމުގައި ހިނގައި ދިޔަ ފުރަތަމަ ހަމަނުޖެހުމެވެ.

"މިއީ ސިންގަޕޫރުގެ ގޮތާއި ޚިލާފުކަމެއް. މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންތަކެއް ނޫން. ސިންގަޕޫރަކީ މިފަދަ ކަންކަމަށް ގޮވާލާ ޤައުމެއް ނޫން،" އޭނާ އެކަން ކުށްވެރިކޮށް ހާމަކުރިއެވެ.

ސިންގަޕޫރަކީ ބޭރުގެ މަސައްކަތު މީހުންނަށް ބަރޯސާވެފައިވާ މުސަނދި ޤައުމެކެވެ. އަދި އެޤައުމުގެ އިމާރާތްކުރުމުގެ މަސައްކަތުގައި ގިނައިން އުޅެނީ ދެކުނު އޭޝިއާ ބައްރުގެ ޤައުމުތަކުގެ މަސައްކަތު މީހުންނެވެ.

ލިޓްލް އިންޑިއާއަކީ ދެކުނު އޭޝިއާގެ، ޚާއްސަކޮށް އިންޑިއާގެ ރައްޔިތުން އެކަކު އަނެކަކާއި ބައްދަލުކުރުމަށް އެއްވެ އުޅޭ ސަރަޙައްދެކެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް