ޔުނެސްކޯގެ ވޯޓުދިނުމުގެ ޙައްޤު އެމެރިކާއަށާއި ޔަހޫދީ އިސްތިޢުމާރަށް ގެއްލިއްޖެ
ޔުނެސްކޯއިން އެމެރިކާ އަދި ފަލަސްތީނަށް ވެރިވެގަނެގެން އުޅޭ ޞަޙްޔޫނީ ޔަހޫދީ އިސްތިޢުމާރުގެ ކިބައިން ޔުނެސްކޯގެ ބައްދަލުވުން ތަކުގައި ވޯޓު ދިނުމުގެ ޙައްޤު ސަސްޕެންޑްކޮށްފިއެވެ.
ޔުނެސްކޯއިން އެދެޤައުމުގެ ވޯޓުދިނުމުގެ ހައްޤު ބާތިލް ކޮށްފައިވަނީ ފަލަސްތީނަށް ޔުނެސްކޯގެ މެމްބަރުކަން ދިނުމުން އެކަމާއި ދެކޮޅުހެދުމުގެ ގޮތުން ޔުނެސްކޯއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެދެޤައުމުން ދެކޮޅުހަދަމުންދާތާ ދެއަހަރުވެފައި ވަނިކޮށެވެ.
ޔުނެސްކޯއިންވަނީ އެމެރިކާއަދި ޔަހޫދީ އިސްތިޢުމާރީ ދައުލަތުގެ މައްޗަށް ފައިސާ ދެއްކުމަށް މިދިޔަ ހުކުރުދުވަހާ ހަމައަށް މުހުލަތެއް ދީފައެވެ. ނަމަވެސް އެމެރިކާ އަދި ޔަހޫދީ ދައުލަތުން މިމުހުލަތުގެ ބޭނުން ހިފާފައި ނުވާކަމަށް ޔުނެސްކޯގެ އޮފިޝަލަކު ހާމަކުރިއެވެ.
މިމައްސަލައާއި ގުޅިގެން އެމެރިކާގެ ސަރުކާރުގެ ފަރާތުން އެއްވެސް އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ފަލަސްތީނުގެ މިނިވަންކަން ބަލައިގަންނަ އދ. ގެ އެއްވެސް އޭޖެންސީއަކަށް ފަންޑުކުރުމަކީ އެމެރިކާގައި ޤާނޫނީގޮތުން މަނާކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު