ޑްރޯން ހަމަލާތައް ހުއްޓާލުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އޮބާމާއަށް އިލްތިމާސް ކޮށްފި

އެމެރިކާއިން ޕާކިސްތާނުގެ އެކިސަރަޙައްދުތަކަށް ދެމުން އަންނަ ޑްރޯން ހަމަލާތައް ހުއްޓުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް އިލްތިމާސް ކުރައްވައިފިއެވެ.

"އަޅުގަނޑުމެންގެ ބައްދަލުވުމުގައި އަޅުގަނޑުވަނީ ޑްރޯން ހަމަލާތަކުގެ މައްސަލައާ މެދު އަލިއަޅުވާލާފައި. އެފަދަ ހަމަލާތައް ހުއްޓުމާ މެދު ބާރު އަޅާފައި،" ޕާކިސްތަނުގެ ބޮޑުވަޒީރު އެމެރިކާގެ ރައީސާއެކު ވޮޝިންގްޓަންގެ އޯވަލް އޮފީސްގައި ބޭއްވި ބައްދަލު ވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

އަލްޖަޒީރާއިން ހާމަކުރާގޮތުގައި ޕާކިސްތާނުގެ ބޮޑުވަޒީރާއި އެމެރިކާގެ ރައީސްއާއި ދެމެދު ބޭއްވުނު މިބައްދަލުވުމުގައި އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިން އަންނަ އަހަރުގައި އެޤައުމުން ފައިބާނެކަމަށާއި އަދި އަފްޣާނިސްތާނަކީ މިނިވަން ޞުލްޙަވެރި ޤައުމަކަށް ހެދުމަށް މަސައްކަތް ކުރާނެކަމަށް ވަޢުދުވެފައެވެ.

"އެކުގައި މަސައްކަތްކޮށްގެން، އަފްޣާނިސްތާނަށް ރަނގަޅު ޙައްލެއްހޯދޭނެ. އަދި މީގެ ސަބަބުން ޕާކިސްތާނު ދިގު މުއްދަތަކަށް ރައްކާތެރިވެގެންދާނެ،" އޮބާމާ ހާމަކުރިއެވެ.

އެމެރިކާގެ ރައީސް އޮބާމާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އެކުގައި ނެރެފައިވާ ބަޔާނެއްގައި އަފްޣާނިސްތާނުގެ ސިޔާސީ ހަރަކާތުގައި ތާލިބާނުން ބައިވެރިވެ، މައްސަލަތަކަށް ޙައްލުހޯދުމަށް އަފްޣާން ސަރުކާރާއި އެކު ޞުލްޙަވެރިކަމާއި އެކު ވިލަރެސްކުރުމަށް ތާލިބާނުންނަށް ގޮވާލާފައިވެއެވެ.

ނަމަވެސް، ޕާކިސްތާނުގެ އެކިސަރަޙައްދުތަކަށް އެމެރިކާއިން ދެމުން އަންނަ ޑްރޯން ހަމަލާތައް ހުއްޓުވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ގެ އިލްތިމާސާއި މެދު އޮބާމާވަނީ ހަނުހުރެފައެވެ. އަދި އެމައްސަލައާއި މެދު އެއްވެސް ވާހަކައެއް އޮބާމާ ދައްކާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް