ރޮނާލްޑޯގެ ކެރިޔަރުގައި 9 ވަނަ ރަތްކާޑް ދައްކައިފި
ސްޕެނިޝް ލަލީގާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި ކޯޑޮބާ ބައްދަލު ކުރި މެޗުގައި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދެއްކި ރަތްކާޑަކީ އޭނާގެ ކެރިޔަރުގައި ދެއްކި 9 ވަނަ ރަތްކާޑެވެ.
ކޯޑޮބާ މެޗުގައި ރޮނާލްޑޯއަށް ރަތްކާޑް ދެއްކީ މެޗުގެ 82 ވަނަ މިނެޓުގައި ކޯޑޮބާގެ ޑިފެންޑަރު އެޑިމާއަށް ގަސްދުގައި ފައިން ހަމަލާ ދިނުމުންނެވެ. ރޮނާލްޑޯއަށް ރަތްކާޑް ދައްކައި ދަނޑުން ފޮނުވާލިއިރު 1-1 އިން އޮތީ އެއްވަރުވެފައެވެ. ރެއާލްއަށް ތިން ޕޮއިންޓް ލިބުނީ މެޗުގެ އިތުރު ވަގުތުގައި ވޭލްސްގެ ވިންގަރ ގެރަތު ބޭލް ކާމިޔާބު ކޮށްދިން ޕެނަލްޓީންނެވެ.މެޗަށްފަހު ރޮނާލްޑޯ ވަނީ އޭނާގެ ފަރާތުން ފެނުނު އަމަލުތަކަށް އެޑިމާ އާއި ސޕޯޓަރުން ކިބައިން މައާފަށް އެދިފައެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ ރޮނާލްޑޯއަށް ރަތްކާޑް ދެއްކި 9 މެޗް:މެން.ޔުނައިޓެޑް 2-0 އެސްޓަންވިލާ (15 މެއި 2004) , މެން.ޔުނައިޓެޑް 3-1 މެން.ސިޓީ (14 ޖެނުއަރީ 2006)
މެން.ޔުނައިޓެޑް 1-1 ޕޯޓްސްމަތް 15 އޯގަސްޓް 2007) , މެން.ޔުނައިޓެޑް 1-0 މެން.ސިޓީ (30 ނޮވެމްބަރު 2008) , ރެއާލް މެޑްރިޑް 4-2 އަލްމީރިއާ (5 ޑިސެމްބަރު 2009) , ރެއާލް މެޑްރިޑް 2-0 މަލާގާ (24 ޖެނުއަރީ 2010)
ރެއާލް މެޑްރިޑް 1-2 އެތުލެޓިކޯ މެޑްރިޑް (17 މެއި 2013) , ރެއާލް މެޑްރިޑް 1-1 އެތުލެޓިކޯ ބިލްބާއޯ (2 ފެބްރުއަރީ 2014) , ރެއާލް މެޑްރިޑް 2-1 ކޯޑޮބާ (24 ޖެނުއަރީ 2015)
ކިޔުންތެރިންގެ ހިޔާލު