އެސްޕަނިޔޯލް ބަލިކޮށް ރެއާލް ލީޑް ދަމަހައްޓައިފި

image ބޭލް އަމިއްލައަށް ލަނޑު ޖަހަން އުޅުމުން ރޮނާލްޑޯ ނުރުހުން ފާޅު ކުރަނީ

ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި އެސްޕަނިޔޯލް 0-3 އިން ބަލިކޮށް ރެއާލް މެޑްރިޑް ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓުގެ ލީޑް ދަމަހައްޓައިފިއެވެ.

ރެއާލްގެ ސެންތިއާގޯ ބެރްނަބާއޫގައި ކުޅުނު މިމެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކޮލަމްބިއާގެ ފޯވާޑް ޖޭމްސް ރޮޑްރިގޭޒްއެވެ. ދެވަނަ ލަނޑު 28 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވޭލްސްގެ ނުރައްކާތެރި ވިންގަރ ގެރަތު ބޭލްއެވެ. މެޗުގެ 58 ވަނަ މިނެޓުގައި ޑިފެންޑަރު ކޮންޓްރާއޯއަށް ރަތްކާޑް ދެއްކުން ރެއާލްއިން ކުޅެމުންދިޔައީ އެއްކުޅުންތެރިޔަކު މަދުކޮށެވެ. ރެއާލްގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ޒުވާން ޑިފެންޑަރު ނަޗޯ ފެނާންޑޭޒްއެވެ.

މިމެޗުގައި ބޭލް އަމިއްލައަށް ލަނޑުޖަހަން އުޅުމުން، ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

މިމޮޅާއެކު ތާވަލުގެ ކުރީގައި ރެއާލް އޮތީ 42 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑަށް ލިބިފައި ވަނީ 38 ޕޮއިންޓެވެ. ލީގުގައި މާދަމާ ރޭ ބާސާ އާއި އެތުލެޓިކޯ ބައްދަލު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement