މެން.ސިޓީ މޮޅު ނުވުމުން، ޗެލްސީ ދެޕޮއިންޓުގެ ލީޑެއް ނަގައިފި

image ނިއުކާސަލް ކޮޅަށް ލަނޑުޖެހުމަށް ޑިއޭގޯ ކޮސްޓާ އުފާކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ އެވަޓަން އަތުން މެންޗެސްޓަރ ސިޓީއަށް މޮޅު ނުވެވުމުން، ތާވަލުގެ ކުރީގައި ޗެލްސީން ދެޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި އެވަޓަން ބައްދަލު ކުރި މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގެ 74 ވަނަ މިނެޓުގައި ބްރެޒިލްގެ މިޑްފީލްޑަރު ފެނާންޑިންހޯގެ ލަނޑުން މެން.ސިޓީ ލީޑް ނަގާފައި ވަނިކޮށް އެވަޓަންއަށް އެއްވަރު ކޮށްދިނީ 78 ވަނަ މިނެޓުގައި ސްކޮޓްލޭންޑުގެ ތަޖުރިބާކާރު މިޑްފީލްޑަރު ސްޓީވެން ނައިސްމިތުއެވެ.

ޗެލްސީ މޮޅުވީ އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން 2-0 އިންނެވެ. ލަނޑު ޖަހައިދިނީ ބްރެޒިލްގެ އެޓޭކިންގ މިޑްފީލްޑަރު އޮސްކާ އާއި ސްޕެއިންގެ ފޯވާޑް ޑިއޭގޯ ކޮސްޓާއެވެ.

ޗެލްސީ ތާވަލުގެ އެއްވަނައިގައި އޮތީ 49 ޕޮއިންޓާއެކުއެވެ. ދެވަނައިގައި މެން.ސިޓީ އޮތީ 47 ޕޮއިންޓާއެކުއެވެ.

ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މަޝްހޫރު ލިވަޕޫލް ވަނީ ސަންޑަލޭންޑުގެ މައްޗަށް 1-0 އިން ކުރި ހޯދާފައެވެ. ތާވަލުގެ 6 ވަނައަށް ކުރިއަށް ޖެހިލުމަށް ވެސްޓްެހޭމްއަށް ލިބުނު ފުރުސަތު ބޭކާރުވީ ސްވަންސީ ސިޓީއާ 1-1 އިން އެއްވަރު ވުމުންނެވެ.

ލީގުގައި މާދަމާ ރޭ މެންޗެސްޓަރ ޔުނައިޓޭޑާއި ސައުތެމްޓަން އަދި އާސެނަލް އާއި ސްޓޯކް ސިޓީ ބައްދަލު ކުރާނެއެވެ.

މެން.ޔުނައިޓެޑް – ސައުތެމްޓަން 21:00 އާސެނަލް – ސްޓޯކް ސިޓީ 18:30

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement