މެސީ، ޗެލްސީގެ އިންސްޓަގްރާމް ފޮލޯ ކުރަން ފަށައިފި

image

ބާސެލޯނާގެ ތަރި ލިއޮނަލް މެސީ، އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކުރަން ފަަށައިފިއެވެ.

މިއީ ބާސެލޯނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް ފިޔަވައި އެހެން ކްލަބެއްގެ އިންސްޓަގްރާމް މެސީ ފޮލޯ ކުރަން ފެށި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން ޗެލްސީގެ ސެސް ފެބްރެގަސް އާއި ފެލިޕް ލުއިސްގެ އިންސްޓަގްރާމްވެސް މެސީ ވަނީ ފޮލޯ ކުރަން ފަށާފައެވެ.

މިދިޔަ އަހަރު ބާސެލޯނާ ދޫކޮށްލަފާނެފަދަ އިޝާރާތެއް ކޮށްފައިވާ މެސީ، ޗެލްސީގެ އިންސްޓަގްރާމް ފޮލޯ ކުރަން ފެށުމުން މިޑީޔާގައި ދަނީ ތަފާތު އެކިގޮތް ގޮތަށް ހަބަރުތައް ފެތުރެމުންނެވެ.

ބައެއް މީޑިޔާތަކުން އިނގިރޭސި ޕްރިމިއަރ ލީގަށް މެސީ ބަދަލުވާން އުޅޭކަމަށް ހަބަރު ފަތުރަމުން ދާއިރު އަނެއްބައި މީޑިއާތަކުން ދަނީ ޗެލްސީއަށް މެސީ ބަދަލުވާން މަސައްކަތް ކުރަމުންދާކަަމަށް ހަބަރު ފަތުރަމުންނެވެ.

ޗެލްސީގެ އިންސްޓަގްރާމް ފޮލޯ ކުރަން މެސީ ފަށާފައި މިވަނީ، ކޯޗް ލުއިސް އެންރިކޭ އާއި އޭނާއާ ދެމެދު މައްސަތަކެއް ޖެހިގެން އުޅޭކަމުގެ އަޑުތަކެއް އަރާފައި ވަނިކޮށެވެ. ސްޕެނިޝް ލަލީގާގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރެއާލް ސޮސިއެޑާޑް އަތުން 1-0 އިން ބަލިވި މެޗަށްފަހު މެސީ އާއި އެންރިކޭއާ ދެމެދު ހޫނު ޒުވާބުތަކެއް ހިނގާފައިވާކަމަށްވެއެވެ.

ބާސެލޯނާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓުގެ ދަށުން، އެހެން ކްލަބަކަށް އޭނާ ބަދަލުވާނަމަ 172 މިލިޔަން ޕައުންޑް ޓްރާންސްފާ ފީގެ ގޮތުގައި ދައްކަން ޖެހެއެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ޖެހިޖެހިގެން 4 ފަހަރު ހޯދާފައިވާ މެސީ 200 މިލިޔަން ޕައުންޑަށް ގެނައުމަށް ޗެލްސީގެ ވެރިޔާ މިފަހަރު ފަސްނުޖެހޭނެކަމަށް އިނގިރޭސި މީޑިޔާ ރިޕޯޓުތައް ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...