މެން.ޔުނައިޓެޑަށް ބަދަލުވާކަށް ނޫޅެން – ބޭލް

image

ދުބާއީ (1 ޖެނުއަރީ 2015) - މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވާން ނޫޅޭކަމަށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ބައިނަލްއަގުވާމީ ވިންގަރ ގެރަތު ބޭލް ބުނެފިއެވެ.

 ބޭލް މިހެން ބުނެފައި މިވަނީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ރެއާލް ދޫކޮށް މެން.ޔުނައިޓެޑަށް ބޭލް ބަދަލުވާނެކަމަށް މީޑިޔާގައި ހަބަރުތައް ފެތުރެން ފަށާފައި ވަނިކޮށެވެ.

"ރެއާލްގައި އަހަރެން މިހުރީ އުފަލުން. އެތަނުގެ މޫސުމާއި ސަގާފަތާމެދު ހިތްހަމަޖެހޭ. އަހަރެންގެ އަމާޒަކީ ރެއާލްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދުން" ބޭލް ބުންޏެވެ.

ދުނިޔޭގެ ރެކޯޑް ފީއެއްކަމުގައިވާ 100 މިލިޔަން ޔޫރޯއަށް 2013 ވަނަ އަހަރު ރެއާލްއަށް ބަދަލުވި ބޭލްގެ ކޮންޓްރެކްޓް ހަމަވާނީ 2019 ވަނަ އަހަރުގެ ޖޫންގައެވެ. ބޭލް ބުނީ 2019 ވަނަ އަހަރަށްފަހުވެސް ރެއާލްގައި ދެމިހުރެވޭނެކަމަށް އުއްމީދު ކުރާކަމަށެވެ.

ރެއާލް އިން މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގާއި ކޮޕާ ޑެލްރޭ ކާމިޔާބު ކުރިއިރު، ދެފައިނަލުގައިވެސް ލަނޑު ޖަހާފައެވެ.  -ގޯލް.ކޮމް-

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement