އޭސީ މިލާނުން ރެއާލް ސިއްސުވާލައިފި
އެކުވެރިކަމުގެ މެޗެއްގައި ރެއާލް މެޑްރިޑުގެ މައްޗަށް 4-2 އިން ކުރި ހޯދައި އޭސީ މިލާނުން ރެއާލް ސިއްސުވާލައިފިއެވެ.
ދުބާއީގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް މިލާނުންނެވެ. މިލަނޑު 24 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފްރާންސްގެ ފޯވާޑް ޖެރެމީ މެނޭޒްއެވެ. އޭގެ ދެމިނެޓް ފަހުން އިޓަލީގެ އުއްމީދީ ފޯވާޑް ސްޓެފަން އަލްޝަރާވީގެ ލަނޑުން މިލާނުން ލީޑް ފުޅާކުރިއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލްއިން ފަރަގު ކުޑަކުރީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުންނެވެ.
މިލާނުން ރެއާލް ސިއްސުވާލީ މެޗުގެ 48 ވަނަ މިނެޓުގައި އައް ޝަރާވީ އާއި 73 ވަނަ މިނެޓުގައި ޖިއަންޕައޮލޯ ޕައްޒިނީގެ ލަނޑުންނެވެ. ރެއާލްގެ ދެވަނަ ލަނޑު 84 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ކަރީމް ބެންޒެމާއެވެ.
މިއީ ޔޫރަޕުގެ އެންމެ ކާމިޔާބު ދެކްލަބު ފަހުގެ ތާރިހެއްގައި ބައްދަލުކޮށް ރެއާލްގެ މައްޗަށް މިލާނުން ކުރި ހޯދި ފުރަތަމަ ފަހަރެވެ. ރެއާލްގެ ކޯޗް އަދި އޭސީމިލާނުގެ ކުރީގެ ކޯޗް މެޗުގެ ކުރިން ބުނީ މިއީ އޭނާއަށް ވަރަށް ހާއްސަ މެޗެއްކަމަށާއި މިލާނުގެ މައްޗަށް ކާމިޔާބު ހޯދަން ބޭނުންވާކަމަށެވެ.
ރޭ ކުޅުނު ރަހްމަތްތެރިކަމުގެ އެހެން މެޗުތަކަށް ބަލާއިރު އިންޓަމިލާނުގެ މައްޗަށް 1-0 އިން ޕީއެސްޖީ ވަނީ ކުރި ހޯދާފައެވެ.
ކިޔުންތެރިންގެ ހިޔާލު