ވެސްޓްހޭމް 0-2 އިން ބަލިކޮށް ޗެލްސީ ލީޑް ދަމަހައްޓައިފި

image ވެސްޓްހޭމް ކޮޅަށް ކޯސްޓާ ލަނޑު ޖަހަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ވެސްޓްހޭމް ޔުނައިޓެޑުގެ މައްޗަށް 0-2 އިން ކުރި ހޯދައި ތާވަލުގެ ކުރީގައި ޗެލްސީ ލީޑް ދަމަހައްޓައިފިއެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މިމެޗުގައި ޗެލްސީން ލީޑް ނެގީ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކެޕްޓަން ޖޯން ޓެރީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ދެޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފެނިގެންދިޔަ ދެވަނަ ލަނޑު ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ނުރައްކާތެރި ފޯވާޑް ޑިއޭގޯ ކޯސްޓާއެވެ. މިއީ މިސީޒަނުގައި ޗެލްސީއަށް ބަދަލުވި ކޯސްޓާ ލީގުގައި އެޓީމަށް ކާމިޔާބުކޮށްދިން 12 ވަނަ ލަނޑެވެ.

މިމޮޅާއެކު ތާވަލުގެ ކުރީގައި ޗެލްސީ އޮތީ 45 ޕޮއިންޓާއެކުއެވެ. ދެވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ 39 ޕޮއިންޓާއެކުއެވެ. މިރޭ ވެސްޓް ބްރޮމިޗް އެލްބިއަން އަތުން މެން.ސިޓީ މޮޅުވެއްޖެނަމަ ޗެލްސީއާ 3 ޕޮއިންޓް ކައިރިއަށް މެން.ސިޓީއަށް ޖެހިލެވޭނެއެވެ.

 

މެޗް ކުޅުނު ދަނޑު: ސްޓެމްފޯޑް ބްރިޖް

ސަޕޯޓަރުންގެ އަދަދު: 41589

ރެފްރީ: މައިކަލް އޮލިވަރ

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް