ޕްރިމިއަރ ލީގުގައި މާދަމާ ރޭ ފޯރިގަދަ މެޗުތަކެއް ކުޅޭނެ
އިނގިރޭސި ޕްރިމިއަރ ލީގުގައި މާދަމާ ރޭ ޗެލްސީ އާއި ވެެސްޓްހޭމް ޔުނައިޓެޑް އަދި މެޗެސްޓަރ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލު ކުރާ މެޗުގެ އިތުރުން ފޯރިގަދަ މެޗުތަކެއް ކުޅޭނެއެވެ.
ތާވަލުގެ ކުރީގައި އޮތް ޗެލްސީއާ ދެކޮޅަށް ނުކުންނައިރު ވެސްޓްހޭމް ވަނީ މިސީޒަނުގައި ހައިރާން ކުރުވަނިވި ނަތީޖާތަކެއް ނެރެފައެވެ. ތާވަލުގެ 1 ވަނައިގައި 42 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު ހަތަރުވަނައިގައި ވެސްޓްހޭމް ޔުނައިޓެޑް އޮތީ 31 ޕޮއިންޓާއެކުއެވެ.
ޕްރިމިއަރ ލީގުގެ އެންމެ ކާމިޔާބު ކްލަބު މެންޗެސްޓަރ ޔުނައިޓެޑް މާދަމާ ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ނިކުންނަނީ ތިން ޕޮއިންޓް ހޯދައި ޗެލްސީއާ ދެމެދު އޮތް ފަރަގު ކުރުމަށްޓަކައެވެ. ޕްރިމިއަރ ލީގުގައި އެންމެފަހުން ކުޅުނު 7 މެޗުންވެސް ބަލިވެފައިނުވާ މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗް ލުއިސް ވެންހާލް ބުނީ ނިއުކާސަލްއާ ދެކޮޅަށް ރަގަޅަށް ސަމާލު ނުވެވިއްޖެނަމަ ލަނޑު ލިބޭނެކަމަށެވެ. ސީޒަނުގެ ކުރީކޮޅު ދަށް ނަތީޖާތަކެއް ލިބުނުނަމަވެސް ނަތީޖާތަށް ރަގަޅުކޮށް ނިއުކާސަލް ވަނީ ތާވަލުގެ 9 ވަނައަށް ކުރިއަށް ޖެހިލާފައެވެ.
ޕްރިމިއަރ ލީގުގައި މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ ފާހަގަ ކޮށްލެވޭ މެޗުތައް:ޗެލްސީ – ވެސްޓްހޭމް (1745) ، ބާންލޭ – ލިވަޕޫލް (20:00) ، މެންޗެސްޓަރ ޔުނައިޓެޑް – ނިއުކާސަލް ޔުނައިޓެޑްވެސްޓް ބްރޮމިޗް އަލްބިއޮން – މެންޗެސްޓަރ ސިޓީ (20:00) ، އާސެނަލް – ކްއީންސްޕާކް ރޭންޖާސް (2230)
ކިޔުންތެރިންގެ ހިޔާލު