ޒަވީ ބުނަނީ ރޮނާލްޑޯއަށް މޮޅު ކުޅުންތެރިޔާގެ މަގާމް ހައްގު ނޫންކަމަށް

image ފީފާއިން ހޮވާ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިން.

ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް އަންނަ އަހަރު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުން ހައްގުނޫންކަމަށް ވާދަވެރި ބާސެލޯނާގެ ތަޖުރިބާކާރު މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ބުނެފިއެވެ..

ޒަވީ ބުނީ މިއަހަރު އޮތް ވޯލްޑް ކަޕުގައި ފްލޮޕަކަށްވި ކުޅުންތެރިޔަކަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރެވެން ވާނެކަމަށްވެސް ނުދޭކަމަށެވެ. "އަހަރެންގެ ނަޒަަރުގައި އަންނަ އަހަރު ހޮވާ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައިވެސް ރޮނާލްޑޯ ނުހިމެނޭނެ. އެއީ ވޯލްޑް ކަޕް އޮންނަ އަހަރު، މޮޅު ކުޅުންތެރިޔާ ހޮވުމުގައި ވޯލްޑް ކަޕުގައި އެކުޅުންތެރިޔަކު ދެއްކި ކުޅުމަށް ބަލަންޖެހޭ" ޒަވީ ބުންޏެވެ.

ޒަވީ ބުނީ އޭނާގެ ނަޒަަރުގައި މިއަހަރު އެންމެ މޮޅު ކުޅުމެއް ދެއްކި ތިން ކުޅުންތެރިންނަކީ ޒަވީއާއެކު ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ވައިސް ކެޕްޓަން ހާވިޔާ މަޝަރޯ އަދި ޖަރުމަނު ގައުމީ ޓީމުގެ ކެޕްޓަން ފިލިޕް ލާމްއެވެ. މިތިން ކުޅުންތެރިނަކީވެސް މިއަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅުނު ތިން ކުޅުންތެރިންކަން ފާހަގަ ކޮށްލެވެއެވެ. ރޮނާލްޑޯއަށް ބަލާއިރު ޕޯޗުގަލް ގްރޫޕް ސްޓޭޖުން ކަޓައިގެންދިޔައިރު ރޮނާލްޑޯގެ ފަރާތުން ފެނިފައި ވަނީ ވަރަށް އާދައިގެ ކުޅުމެކެވެ.

"އަހަރެންގެ ނަޒަރުގައި މިއަހަރު އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ. ދެވަނައަކީ ލާމް އަދި ތިންވަނައަކީ މަޝެރާނޯ" ސްޕެއިންއާއެކު 2010ގެ ވޯލްޑް ކަޕާއި 2012 އަދި 2008 ގެ ޔޫރޯ ކާމިޔާބުކުރި ޒަވީ ބުންޏެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޮވުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހު ސްވިޓްޒަލޭންޑުގެ ޒިޔުރިކުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement