ޓްވިޓާގައި 5 މިލިޔަން ސަޕޯޓަރުން ހަމަކުރި އިނގިރޭސި ފުރަތަމަ ކްލަބުގެ ޝަރަފް އާސެނަލްއަށް

image

މަޝްހޫރު ސޯޝަލް ނެޓްވޯކް ޓްވިޓާގައި ފަސް މިލިޔަން ސަޕޯޓަރުން ހަމަކުރި އިނގިރޭސި ޕްރިމިއަރ ލީގުގެ ފުރަތަމަ ކްލަބުގެ ޝަރަފް އާސެނަލް ހޯދައިފިއެވެ.

ޓްވިޓާގައި 5 މިލިޔަން ސަޕޯޓަރުން ހަމަވިކަން އާސެނަލްއިން ހާމަކުރީ އެކްލަބުން ރޭގެ ވަގުތެއްގައި ކުރި ޓްވީޓެއްގައެވެ. މިޓްވީޓުގައި އާސެނަލްގެ 5 ކުޅުންތެރިންގެ ފޮޓޮއެއްވެސް ވަނީ ހިމަނާފައެވެ.

ސޯޝަލް މީޑިޔާގައި ސަޕޯޓަރުން ހޯދުމުގެ ފޯރި ކްލަބުތަކުގެ މެދުގައި ގަދަވެފައިވާއިރު ޓްވިޓާގައި ރަސްކަން ކުރަމުން ދަނީ ސްޕެއިންގެ މަޝްހޫރު ރެއާލް މެޑްރިޑާއި ބާސެލޯނާއެވެ. މިއިން ކޮންމެ ކްލަބެއްގައި 13 މިލިޔަން ޓްވިޓާ ސްޕޯޓަރުން އެބަތިއްބެވެ.

ޓްވިޓާގައި ސަޕޯޓަރުން އެންމެ ގިނަ 10 ކްލަބް:   1. ރެއާލް މެޑްރިޑް (13.8 މިލިޔަން)   2. ބާސެލޯނާ (13.5 މިލިޔަން)   3. އާސެނަލް (5 މިލިޔަން)   4. ޗެލްސީ (4.8 މިލިޔަން)  5. ގަލަތަސަރާއީ (4.5މިލިޔަން)  6.މެން.ޔުނައިޓެޑް (3.91 މިލިޔަން)   7. ފެނަބާޗޭ (3.72 މިލިޔަން)   8. ލިވަޕޫލް (3.56 މިލިޔަން)   9. ކޮރިންތިއަންސް (2.55 މިލިޔަން)   10. އޭސީމިލާން (2.31 މިލިޔަން)

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement